ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބަދަލާއި ގުޅޭ

މިރަށު "މިސްކް" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި "ލައިޓްވިއު" އެވެ ކިޔާ ބަންޑާރަ ގޯއްޗާއި ދެމެދު އޮންނަ ޕާކިންގއޭރިޔާގައި ހުރި މިކައުންސިލުން 1 އިން 4 އަށް ނަންބަރ ޖަހާފައިވާ ރުއްގަހުގެ ވެރި ފަރާތްތައް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)417-ESMS/417/2017/07 (19 ފެބްރުއަރީ 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެރުއްގަހުގެ މިލްކުވެރިކަން ބަޔާންކޮށް މިއިދާރާއަށް އަންގާފައި ނުވާތީ، އެފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިސަރަޙައްދުގައި ހުރި ރުއްގަހުގެ (މިކައުންސިލުން ޖަހާފައިވާ ނަންބަރ 1 އިން 4 އަށް) ވެރިފަރާތްތަކުން ސަރަޙައްދުގައި ހުރި އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެތި ގަންނަ ވަކަރުލާ މޮޅު، ފޯދުނު ރަގަޅުރުއް، ފޯދުނު އާދައިގެ ރުއް، ފޯދުނު ދެރަ ރުއް، ނުފޯދޭ ބޮޑު ރުއް، ނުފޯދޭ އާދައިގެ ރުއް އަދި ނުފޯދޭ ކުޑަ ރުއް) އެގޭނޭ ގޮތަށް 13 ޑިސެމްބަރ 2017 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު އެސަރަޙައްދުގެ ޗާޓެއް ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

06 ޑިސެންބަރު 2017
ހޯދާ