މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ އިތުރަށް ކުޑަކުރުން

އިޢުލާން

 

ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ އިތުރަށް ކުޑަކުރުން

 

އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި މިހާރު ނަގަމުން އަންނަ %0.8 ، 2018 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން %0.6 އަށް ކުޑަކުރުމަށް، ޕެންޝަން އޮފީހުގެ ބޯޑުން މިހާރުވަނީ ނިންމާފައެވެ. 

އެޑްމިނިސްޓްރޭޓިވް ފީއަކީ ޤާނޫނު ނަންބަރ 2009/8 ( ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫން) ގެ ދަށުން ގާއިމް ކޮށްފައިވާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އާއި، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމް ހިންގުމުގެ ޚަރަދުތަކާއި، ޕެންޝަން ސްކީމްތައް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ތަރައްޤީ ގެނައުމަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށްް ނެގޭ ފީއެކެވެ. 

ތިރީގައި މިވަނީ އެޑްމިނިސްޓްރޭޓިވް ފީއަށް ގެނެވިފައިވާ ބަދަލުތަކެވެ. 

2010 ން 2014 އަށް   %1

2015 ން 2016 އަށް   %0.9

2017              0.8%

އެމް.އާރް.ޕީ.އެސް. ގެ ބައިވެރިންގެ އަތުން ނެގޭ މި ފީއަކީ އަހަރަކު އެއްފަހަރު މުރާޖަޢާ ކުރަމުން އަންނަ ފީއަކަށް ވުމާއިއެކު، ކުރިއަށްއޮތް ތަނުގައިވެސް މި ފީއަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި ބަދަލު ގެނެވޭނެ ކަމުގައި ދެންނެވީމެވެ. 

17 ރަބީޢުލް އައްވަލު 1439 ހ،

5 ޑިސެންބަރު 2017 މ،

 

 

   

  

 

06 ޑިސެންބަރު 2017
ހޯދާ