ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ

އިޢުލާން

 

މަޤާމް:

އެސިސްޓެންޓް ސްޓެޓިސްޓިކަލް އޮފިސަރ     

މަޤާމުގެ ނަންބަރު:

252444

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް 3

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ 1

ސެކްޝަން:

ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް

މަޤާމް އޮތް އޮފީސް:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. މީގެ އިތުރުން އަސާސީ މުސާރައިގެ %35 ފައިނޭންސް އެލަވަންސްގެ ގޮތުގައި ލިބޭނެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މާލެއާއި އަތޮޅުތަކުގައި ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކު ކުރުމަށް ހަމަޖެހިފައިވާ ބާޒާރުގެ ތަކެއްޗާއި ޚިދުމަތުގެ އަގުނެގުމުގެ ސަރވޭގެ އަގުތައް ފިހާރަތަކަށް ޒިޔާރަތްކޮށްގެން ކަނޑައެޅިފައިވާ ވަގުތައް ހޯދުން. އަދި ފޯނު ސަރވޭގެ މަސައްކަތް ކުރުން.
  2. މާލޭގެ ސީ.ޕީ.އައި. ތައްޔާރުކުރުމަށްޓަކައި ރޯމަހުގެ އަގުތައް ފިޝަރީޒް މިނިސްޓްރީން ކަނޑައެޅިފައިވާ ވަގުތައް ހޯދުން.
  3. 3.      މާލޭގެ ސީ.ޕީ.އައި. ތައްޔާރުކުރުމަށްޓަކައި ތަންތަނުގެކުލީގެ މައުލޫމާތުތައް ނޫސްތަކުން ހޯދާއި ކަނޑައެޅިފައިވާ ވަގުތައް އެއްކުރުން.
  4. މާލެ އާއި އަތޮޅުތަކުން ސީ.ޕީ.އައި އަށް ހޯދުނު އަގުތައް ކޮންޕިއުޓަރަށްލުން.
  5. ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) އެކުލަވާލުމުމަށް އެއްކުރެވި ކޮންޕިއުޓަރަށްލެވުނު ހުރިހާ ހިސާބުތައް ޗެކްކޮށް އިސްލާހުކުރުން.
  6. ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ރީބޭސް ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވުން. މިގޮތުން މާލެއާއި އަތޮޅުތަކުގެ ބާސްކެޓް އެކުލަވާލުމަށްޓަކައި ފިހާރަތަކަށް/ މަސައްކަތްހިންގާތަންތަނަށް ޒިޔާރަތްކޮށް ބާސްކެޓް އެކުލަވާލުމުގެ މަސައްކަތް ކުރުން.
  7. ކޮންސްޓްރަކްޝަން މެޓީރިއަލް އިންޑެކްސް (ސީ.އެމް.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ ހަމަހުން އެއްމަހު ފިހާރަތަކަށް ޒިޔާރަތްކޮށްގެން ކަނޑައެޅިފައިވާ ވަގުތައް ކޮންސްޓްރަކްޝަން މެޓީރިއަލް ބާސްކެޓުގައި ހިމެނިފައިވާ ތަކެތީގެ އަގުތައް ހޯދުން.
  8. ކޮންސްޓްރަކްޝަން މެޓީރިއަލް ސަރވޭގައި އެއްކުރެވޭ މަޢުލޫމާތުގެ ޑޭޓާތައް ކޮންޕިއުޓަރަށްލުން.
  9. ކޮންސްޓްރަކްޝަން މެޓީރިއަލް އިންޑެކްސް (ސީ.އެމް.އައި) އެކުލަވާލުމުމަށް އެއްކުރެވި ކޮންޕިއުޓަރަށްލެވުނު ހުރިހާ ހިސާބުތައް ޗެކްކޮށް އިސްލާހުކުރުން.
  10. ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް (ޕީ.ޕީ.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ ތިންމަހުން އެއްމަހުހިންގޭ ޕްރޮޑިއުސަރ ޕްރައިޒް ސަރވޭގެ މަޢުލޫމާތުތައް ހޯދުމުގައި ބައިވެރިވެ  އެހީތެރިވުން
  11. ޕްރޮޑިއުސަރ ޕްރައިޒް ސަރވޭގައި އެއްކުރެވޭ މަޢުލޫމާތުގެ ޑޭޓާތައް ކޮންޕިއުޓަރަށްލުމުގައި ބައިވެރިވެ އެހީތެރިވުން
  12. މެނޭޖްމަންޓް މީޓިންގްއަށް ބެނުންވާ ލިޔުންތައް ތައްޔާރުކުރުމުގައި ބައިވެރިވެ އެހީތެރިވުން.
  13. އިޖްތިމާއީ އަދި އިޤްތިޞާދީ ސަރވޭތައް ކުރުމުގައި ފީލްޑް މަސައްކަތުގައި އަމަލީގޮތުން ޙަރަކާތްތެރިވުން.
  14. ޕްރޮޑިއުސަރ ޕްރައިސް އިންޑެކްސް އެކުލަވާލުމުމަށް އެއްކުރެވި ކޮންޕިއުޓަރަށްލެވުނު ހުރިހާ ހިސާބުތައް ޗެކްކޮށް އިސްލާހުކުރުމުގައި ބައިވެރިވެ  އެހީތެރިވުން.
  15. އިކޮނޮމިކް ސްޓެޓިސްޓިކްސް ޔުނިޓްގެ އަންނަ ސިޓީތައް ބަލައިގަނެ ކަމާބެހޭފަރާތްތަކަށް ފޯރުކޮށްދިނުމުގައި ބައިވެރިވެ އެހީތެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

  1.  ސްޓެޓިސްޓިކްސްއާއިގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.    

ނުވަތަ

  1.  ސާނަވީ އިމްތިހާނަކުން 2 މާއްދާއިން  (ހިސާބު އަދި އިކޮނޮމިކްސް, ކޮމްޕިއުޓިންގ ނުވަތަ އެކައުންޓިންގ) ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު،  'އިނގިރޭސި' މި މާއްދާއިން  ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.      

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ވަޒީފާގެ ދާއިރާގެ މަސައްކަތުގެ  ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު
  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ބިއުރޯގެ ( ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް) ކައުންޓަރުން އަދި މި އިދާރާގެ http://www.statisticsmaldives.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12  ޑިސެމްބަރ 2017  ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް ކުރިމަތިލައްވާ، މަޤާމުގެ ޝަރުތުހަމަވާ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއުކުރުމާއި އިމްތިހާންކުރުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައި އޮންނާނީ އިއުލާނަށް މުއްދަތު ހަމަވާތާ ދެ ހަފްތާއެއްގެތެރޭގައެވެ. މި ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 (ކަނޑައެޅިފައިވާ އިން ސައްތަ: %30)

 

 

 

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008407 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327351 އެވެ. އީ-މެއިލް އެޑްރެސްއަކީ [email protected] އަށެވެ.

15 ރަބިއަލްއައްވަލް 1439 ހ

03 ޑިސެމްބަރ 2017 މ

03 ޑިސެންބަރު 2017
ހޯދާ