ގާދިއްފުށީ މެޖިސްޓްރޭޓް ކޯޓް، ތ. ގާދިއްފުށި
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

`

 

ތ. ގާދިއްފުށި މެޖިސްޓްރޭޓް ކޯޓް

   ގާދިއްފުށި، ދިވެހިރާއްޖެ

                                               

އިޢްލާން

 

ވަޒީފާގެ ފުރުޞަތު

ނަންބަރ:

N9C/2017/03

ތާރީޚް:

27 ނޮވެންބަރ 2017

  • މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

ޖީ އެސް 3

  • ޢަދަދު:

01 ( އެކެއް )

  • މަސައްކަތްކުރަންޖެހޭ ތަން:

ކޮޅުމަޑުލު ގާދިއްފުށި މެޖިސްޓްރޭޓްކޯޓް

  • އަސާސީ މުސާރަ:

4465.00 ރ(ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސްފަސް ރުފިޔާ)

  • އިތުރުގަޑިއާއި އެހެނިހެން އެލަވަންސް::
  • ސާރވިސް އެލަވަންސް: 1500.00 (ފަނަރަ ސަތޭކަ ) ރުފިޔާ
  • ޖުޑީޝަލް އެލަވަންސް ގެ ގޮތުގައި މުސާރައިގެ %20
  • ލިވިންގ އެލަވަންސް 2550.00 (ދެހާސް ފައްސަތޭކަ ފަންސާސް) ރުފިޔާ
  • ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ
 
  • އަސާސީ ޝަރުޠު:

1-      މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން " ޑީ " ލިބިފައިވުމާއެކު، ސެކަންޑަރީ ސުކޫލުސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިންދަށްވެގެން  'ސީ' ލިބިފައިވުން.  ނުވަތަ :-

2-      މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްގުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކްގައި މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

  • މަޤާމުގެ މަސްއޫލިއްޔަތު:

*  ކޯޓްގެ ޝަރުއީ ލިޔުންތަކާއި، މުއައްޒަފުންގެ ޙާޟިރީ އާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

* އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު ތައްޔާރުކުރުމަށްފަހު ޙަވާލުކުރުމާއި، އަދި މުއައްޒަފުންގެ މުސާރަ ސީޓް ތައްޔާރުކޮށް ފޮނުވުން

* ފައިސާއާއި އަދި ޝަރީއަތާގުޅޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކޯޓްގެ އެކައުންޓް ބެލެހެއްޓުން.

* ކޯޓަށް ލިބޭ ފައިސާގެ ރެކޯޑް ބެލެހެއްޓުމާއި މަހުން މަހަށް ބޭންކަށް ޖަމާކުރުމާއި އަހަރަކު ދެފަހަރު ދަޢުލަތުގެ އާމްދަނީ އެކައުންޓަށް ޤަވާޢިދާ އެއްގޮތަށް އާމްދަނީ ފައިސާ ޖަމާކުރުން.

*  ކޯޓްގެ ފައިސާއާއިބެހޭ އަދި އިދާރީކަންކަމާބެހޭ އެންމެހާ މަސައްކަތްތައް ކުރުން

* ކޯޓަށް ހޯދަންޖެހޭ ތަކެތި ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާއި، ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ހޯދުން

 *  އިދާރީކަންކަމާއިގުޅޭ އަދި ޝަރީއަތާގުޅޭ އެންމެހާ ލިޔުންތަކާއި ފޮތްތައް ބެލެހެއްޓުން.

 * އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓްގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން

  • ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

ލިބިފައިވާ ތައުލީމާއި، ހުނަރު

ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

 

  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުބޭއްވުމަށް ހަމަޖެހިފައިވަނީ މި ކޯޓުގައި ނުވަތަ މިކޯޓުން ހަމަޖައްސާ ތަނެއްގައެވެ. އަދިއިންޓަވިއުއޮންނަ ދުވަހާއި އިންޓަރ ވިއު އޮންނަ ތަން އިންޓަރވިއުއަށް ޙާޟިރުވާންޖެހޭ ފަރާތްތަކަށް އެންގޭނެއެވެ.

  • މަޤާމަށް އެދެންވީ ގޮތް:

މި ވަޒީފާ އަށް ޝައުޤުވެރިވާ ފަރާތްތަކުން  ހުށަހަޅާނީ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯރމުންނެވެ. މި ފޯމް މި ކޯޓުންނާއި، ޑިޕާރޓްމަންޓް އޮފްޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv  އިން ލިބެން ހުންނާނެއެވެ.

  • ހުށަހަޅަންޖެހޭ ތަކެތި:

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ތަޢްލީމީސެޓްފިކެޓްތަކުގެ ކޮޕީ ( އަޞްލާއިއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާ ފައިވާ )

ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.

ވަނަވަރު ( ސީ.ވީ )

ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތްމުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

 

  • ސުންގަޑި:

 10 ޑިސެންބަރ 2017 (އާދިއްތަ) 14:00

       

 

 

 

27 ނޮވެންބަރު 2017
ހޯދާ