މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

 

 


2018 ވަނައަހަރު ފެށެންވާއިރަށް މަޖީދިއްޔާ ސްކޫލުގެ ތިރީގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

  1. ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް
  2. ސްކޫލް ތެރޭގައި ކެންޓީން ހިންގަދޭނެ ފަރާތެއް
  3. އަމިއްލަ ތަކެތީގައި ފާޙާނާއެއް ހެދުން

ވީމާ މިމަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޢުލޫމަތު ސާފު ކުރުން

އަންދާސީ ހިސާބު ހުށަހެޅުން

03 ޑިސެންބަރު 2017 (އާދީއްތަ) 02:00

7 ޑިސެންބަރ 2017 (ބުރާސްފަތި) 12:30

 

އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ސެކިއުރިޓީ ބެލެހެއްޓުން"  " ކެންޓީން ހިންގުން" ނުވަތަ " ފާޙާނާއެއް ހެދުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ސިޓީ އަދި އައިޑީ ކާޑާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3314303 ނުވަތަ 7793747 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

                   އެހެންކަމުން މިކަން އާންމުކޮން އަންގާ އިޢުލާންކުރީމެވެ

 

29 ނޮވެންބަރު 2017
ހޯދާ