ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އުސޫލަކީ ވަގުތީ ގޮތުން މަގު ބަންދުކުރުމާބެހޭ ނަންބަރ 2014/R-180 ގަވައިދަށް އަމަލުކުރުމަށް ހަދާފައިވާ އުޞޫލެވެ.

1 – މަގެއް ބަންދުކުރެވޭނީ މަގު ބަންދުކުރުމަށް ކުޅުދުއްފުށީ ކައުންސިލުން ލިޔުމަކުން ހުއްދަ ލިބިގެންނެވެ.

2 – މަގު ބަންދުކުރުމުގެ ހުއްދައަށް އެދޭނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމުންނެވެ.

3 – މަގު ބަންދުކުރުމަށް ބޭނުންވާ ތާރީޚްގެ 3 ދުވަސްކުރިން ކަމާގުޅޭ ފޯމް ހުށަހަޅަންވާނެއެވެ.

1 – މަގެއް ބަންދުކުރެވޭނީ އެހިސާބެއްގެ ނުވަތަ އެސަރަހައްދެއްގެ އެންމެ ކާރޫބާރޫ ކުޑަވަގުތަކަށް އިސްކަންދީގެންނެވެ.

3 – މަގެއް ބަންދު ކުރަން ހުއްދަލިބިފައިވީ ނަމަވެސް މަގު ބަންދުކޮށްގެން މަސައްކަތް ކުރަންވާނީ މަގު ބަންދުކުރާ ބޯޑް ބަހައްޓައިގެންނެވެ. އަދި ރޭގަނޑު ނަމަ ބޯޑު ފެންނަގޮތަށް މަގު ބަންދުކުރަން ހުއްދައަށް އެދޭ ފަރާތުން އަލިކުރަންވާނެއެވެ.

4 – މަގެއް ކޮނުމަށްޓަކައި މަގެއް ބަންދުކުރަންޖެހޭނަމަ، އެމަގެއް ކޮންނަންވާނީ، ވަގުތީގޮތުން އެމަގެއް ބަންދުކުރާ ބޯޑު ބަހައްޓައިގެންނެވެ.

5 – އުމުރާނީ މަސައްކަތަކަށް ބަންދުކުރާނަމަ ތިރީގައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.

ރަނގަޅު ފެނަވަރަކަށް ހެދިފައިވާ މަގެއް ބަންދުކުރަނީ އުމުރާނީ މަސައްކަތަކަށް ނަމަ ޕޭމަންޓް މަތީގައި ސިމެންތި ފަދަތަކެތި ބަހައްޓަންވާނީ ސަތަރި އަޅާފައެވެ. އަދި މަގުމަތީގައާއި ޕޭމަންޓް މަތީގައި ސިމެންތި ގެށުމާއި މަގުފާރުގައި ސިމެންތި ޖެހުމާއި، މިފަދަ މަސައްކަތްތައް ކުރަންވާނީ ސަތަރި އަޅައިގެންނެވެ. އަދި މަސައްކަތް ނިމުމުން ތަން ސާފުކޮށް ދޮވެ ހަދަންވާނެއެވެ. ސިމެންތިއާއި އެކުވެފައިވާ ފެން ކާނުތަކުގެ ތެރެއަށް އަޅައިގެން ނުވާނެއެވެ.

6 – މަގެއް ބަންދުކުރި ބޭނުން ނިމުމާއެކު އެ ކަމެއްގެ ސަބަބުން މަގަށް އެޅޭކުނިބުނި ނަގައި ސާފުކުރަންވާނެއެވެ.

7 – މަގު ބަންދުކުރާ ބޯޑް ދޫކުރެވޭނީ ގަވައިދުގައިވާ ގޮތުގެމަތިން މަގުބަންދުކުރަން ދޫކުރާ ބޯޑަށާއި، މަގު ބަންދުކުރުމަށް ދައްކަންޖެހޭ ފީ ދެއްކުމުންނެވެ.

 

މަގުބަންދުކުރާ ބޯޑަށް ދައްކަންޖެހޭ ފީ

(ހ) ފުރަތަމަ 6 ގަޑިއިރަށް -/20ރ

(ށ) 6 ގަޑިއިރާއި 12 ގަޑިއިރާ ދެމެދު -/40ރ

(ނ) 12 ގަޑިއިރާއި 24 ގަޑިއިރާ ދެމެދު -/60ރ

(ރ) 24 ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ 6 ގަޑިއިރަކަށް -/20ރ

މަގުބަންދުކުރުމަށް ނަގާފީ

އުމުރާނީ މަސައްކަތަކަށް ނަމަ

(ހ) ފުރަތަމަ 6 ގަޑިއިރަށް -/150ރ

(ށ) ފުރަތަމަ 6 ގަޑިއިރުގެ ފަހުން ހިނގާ ކޮންމެ ގަޑިއަކަށް -/150ރ

އިޖުތިމާޢީ ކަމަކަށް ނަމަ

(ހ) ފުރަތަމަ 6 ގަޑިއިރަށް -/150ރ

(ށ) ފުރަތަމަ 6 ގަޑިއިރުގެ ފަހުން ހިނގާ ކޮންމެ ގަޑިއަކަށް -/50ރ

އެހެނިހެން ކަންކަމަށް ( އޯޕެނިން ސަރމަނީ، ޕްރޮމޯސަންތައް ފަދަކަންކަމަށް)

(ހ) ފުރަތަމަ 2 ގަޑިއިރަށް -/75ރ

(ށ) އިތުރަށް ހިނގާ 2 ގަޑިއިރަށް ނުވަތަ 2 ގަޑިއިރުން ބަޔަކަށް -/50ރ

8 – ބޯޑަށާއި، މަގުބަންދުކުރުމުގެ ވަގުތައް ދައްކަންޖެހޭ ފީ ނެގުމުގައި ކަނޑައެޅިފައިވާ ގަޑިއިރުތައް ފުރިހަމަ ނުވިނަމަވެސް ފީ ދައްކަންވާނީ ގަޑިއިރު ފުރިހަމަ ވެފައިވާކަމަށް ބަލައި މުޅިޖުމްލަވަގުތަށެވެ.

 

15 – ވަގުތީގޮތުން މަގު ބަންދުކުރުމާ ބެހޭ ގަވައިދާ ޚިލާފްވެގެން ޖުރުމަނާއެއް ކުރެވިފައިވާ ފަރާތްތަކަށާއި، އެކަމުގެ ސަބަބުން ދައްކަންޖެހޭ ފީއެއް ނުވަތަ ކަމެއް އިޞްލާހުކުރަން އަންގާފައިވާ ފަރާތަކަށް މަގު ބަންދުކުރުމުގެ ހުއްދަ ދެވަނަ ފަހަރަށް ދޫކުރެވޭނީ އެ ޖުރުމަނާއެއް ދެކުމުންނެވެ. ނުވަތަ އިސްލާހުކުރަން އަންގާފައިވާ ކަމެއް އިސްލާހުކުރުމުންނެވެ.

16 - މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ނަންބަރ 2014/R-180 ގަވައިދުގެ ދަށުން ކުރެވޭ ޖުރުމަނާ ފައިސާ އާއި އެނޫންވެސް ގަވައިދާ ގުޅިގެން ދެވޭ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލާތައް ޝަރީޢަތަށް ހުށަހަޅައިގެން އެފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

28 ނޮވެންބަރު 2017
ހޯދާ