މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ

އިޢުލާން

 

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ

ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 02 ނޮވެމްބަރ 2017 ގައި ގެޒެޓް ކުރެވިފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގެ 5 ވަނަ މާއްދާގައި ބުނެދީފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށެވެ.

     ޕްރޮޕޯޒަލްފޮތް 28 ނޮވެމްބަރ 2017  (އަންގާރަ) ދުވަހުން ފެށިގެން 07 ޑިސެމްބަރ 2017  (ބުރާސްފަތި) އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 13:00 އަށް މިމިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ 10 ޑިސެމްބަރ 2017  (އާދީއްތަ) ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ މީޓިންގރޫމުގައި އޮންނާނެއެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދު ކުރެއްވުމަށްފަހު ސިޓީއުރައިގެ ބޭރުގައި " ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައެވެ. ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 ޖަހާއިރު ޕްރޮޕޯޒަލް ހުށަހަޅުއްވާ ބޭފުޅުންގެ ހާޒިރުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ގެންނަ ޕްރޮޕޯޒަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

     09 ރަބީޢުލްއައްވަލް 1439

26 ނޮވެންބަރު 2017
ހޯދާ