މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 

 

           

                                                  އިޢުލާން ނަންބަރު: MRDC-IUL/2017/47

  

 

 ވަޒީފާގެ ފުރުޞަތު

 މިކުންފުނީގެ ހެޑް އޮފީހަށް ޗީފް އިންޓާރނަލް އޮޑިޓަރ ކަމުގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

 މަޤާމް:

ޗީފް އިންޓާރނަލް އޮޑިޓަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

މަހަކު -/23630 ރުފިޔާ (ތޭވީސްހާސް ހަސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

ރެސްޕޮންސިބިލިޓީ އެލަވަންސް:

މަހަކު -/5000 ރުފިޔާ  (ފަސްހާސް ރުފިޔާ)

އެޓެންޑެންސް އެލަވަންސް:

ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

އެކައުންޓިންގ އެންޑް ފައިނޭސް ޑިޕާޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-   އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝަލް އޮޑިޓިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން 03 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

-   އެކައުންޓިންގ، ފައިނޭންސް ނުވަތަ ފައިނޭންޝަލް އޮޑިޓިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގެ އިސް މަޤާމެއްގައި މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- އޭސީސީއޭ ސްކިލްސް (ލެވެލް 2) ފުރިހަމަކޮށްފައިވުން ނުވަތަ ސީ.އައި.އެމް.އޭ ގެމެނޭޖްމަންޓް    ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ އެކައުންޓިންގ / ފައިނޭންސް ދާއިރާއިން ޑިގްރީ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

-    އޮޑިޓް ފާރމެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެވެ.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-   އެނުއަލް އޮޑިޓްގެ ޕްލޭންގެ ދަށުން އިންޓާނަލް އޮޑިޓްތައް ރާވައި ހިންގުން.

-   ކުންފުނީގައި ޤާއިމްކުރެވިފައިވާ އިންޓާރނަލް ކޮންޓްރޯލް ނިޒާމުގެ މަޤްޞަދުތައް ހާސިލުވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި، ކުންފުނީގެ ހިންގުމާއި، މާލީ އަދި ކޮމްޕްލަޔަންސް އޮޑިޓް ވިލަރެސްކުރުމާއި ތަންފީޒުކުރުން.

-   ކުންފުނީގެ މަސައްކަތްތައް ހިނގަމުންދަނީ ކުންފުނި ހިންގުން ހަރުދަނާކުރުމަށް ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި، ކުންފުނީގެ މަސައްކަތުގެ ދާއިރާއާ ގުޅުންހުރި އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ޔަގީންކުރުން.

-   އޮޑިޓްކުރެވޭ އެކިއެކި ދާއިރާތަކުގެ ކޮންޓްރޯލް ނިޒާމުގައި ހުރި އެންމެހައި ކަންތައްތައް ފާހަގަކޮށް، އިތުރަށް ހަރުދަނާކުރުމާއި، ފުރިހަމަކުރެވޭނޭ ގޮތްތައް ކުންފުނީގެ މެނޭޖްމަންޓަށް ލިޔުމުން ހުށަހެޅުން.

-   ކުންފުނީގެ ހިންގުން ކުރިއަށްދަނީ ކަނޑައަޅާފައިވާ ކޮންޓްރޯލް ނިޒާމާ އެއްގޮތަށްކަން ވަޒަންކުރުމާއި، ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ޔަގީންކުރުމަށްޓަކައި އިންޓާނަލް އޮޑިޓް ވިލަރެސްކުރުމާއި ކުރިއަށް ގެންދިއުން.

-   ކުންފުނިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި އޯޑިޓްކުރުމުގައި މުވައްޒަފުންގެ އިސްނެގުން އިތުރުކުރުމަށް މުވައްޒަފުންގެ މަސައްކަތްތައް ގާތުން ބަލައި އިރުޝާދު ދިނުން.

-   ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ހެދިފައިވާ އިންޓާނަލް ކޮންޓްރޯލް ނިޒާމާއި، ގަވާއިދުތަކާއި އުސޫލުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ތަމްރީންތަކާއި މަސައްކަތު ބައްދަލުވުންތައް ކަނޑައެޅިފައިވާ ތާވަލަކާ އެއްގޮތަށް ރާވައި ހިންގުން.

-   ކޮންމެ މާލީ އަހަރެއް ނިމުމުގެ ކުރިން، ހުރިހާ ޑިޕާޓްމަންޓްތަކެއް އޯޑިޓްކުރުމާއި، ފާހަގަކުރެވޭ މައްސަލަތައް ދެނެގަނެ ޙައްލުކުރެވޭނޭ ގޮތްތަކާއި، އެޅުމަށް ފެންނަ ފިޔަވަޅުތައް، އޮޑިޓް ޕްލޭނުގައިވާ ތާވަލާ އެއްގޮތަށް އޮޑިޓް ކޮމިޓީއަށް ހުށަހެޅުން.

-   ކުންފުނީގެ މާލީ ހާލަތާއި، މިހާރު ހުރި މައްސަލަތަކާއި، ތަކެތީގެ ދަތިކަމާއި، މާލީހާލަތު އޯޑިޓް ކޮމެޓީއަށާއި، މެނޭޖިން ޑައިރެކްޓަރަށް އަދި ކުންފުނީގެ ޗެއާމަނަށް ސާފުކޮށްދިނުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ޑިސެމްބަރ 03 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު (ފޯމްގައި، އިޢުލާން ނަންބަރާއެކު)
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5.  ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6.  ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7.  ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8.  ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-    މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޑިސެމްބަރު މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

                          03 ރަބީޢުލްއައްވަލް 1439

                          22 ނޮވެމްބަރު   2017

 

 

 

 

 

 

23 ނޮވެންބަރު 2017
ހޯދާ