މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 

           

                                                  އިޢުލާން ނަންބަރު: MRDC-IUL/2017/46

 

 ވަޒީފާގެ ފުރުޞަތު

     މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

 މަޤާމް:

ސިވިލް އިންޖީނިއަރ، ގްރޭޑް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އީ.އެކްސް 1 – ގްރޭޑް 1

މުސާރަ:

މަހަކު -/14630 ރުފިޔާ (ސާދަހާސް ހަ ސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެޓެންޑެންސް އެލަވަންސް:

ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-   މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

-   މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-   މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-   މަސައްކަތުގައި ބޭނުންކުރާ އާންމު ސޮފްޓްވެއަރތަކަށް އަހުލުވެރި ވެފައި ވުން.

-   އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

-   ޓީމެއް ގޮވައިގެން، ދިމާވާ މައްސަލަތައް ހައްލުކުރުމާއެކު މަސައްކަތްތައް ރާވައިގެން ހިންގަން އެނގޭ ފަރާތެއްކަމުގައި ވުން.

-   މަސައްކަތާގުޅޭ ގޮތުން މުވައްޒަފުން ތަމްރީނު ކުރެވޭފަދަ ފަރާތެއްކަމުގައިވުން.

-   މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

-   ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-   ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-   ޕްރޮޖެކްޓްތައް ޕްލޭން ކުރުމަށް ބޭނުންވާ ސަރވޭ ރިޕޯރޓް، ޗާރޓް އަދި އެހެނިހެން މަޢުލޫމާތުތައް ހޯދާ ބަލާ ދިރާސާ ކުރުން.

-   ޕްރޮޖެކްޓަކީ މި ކޯޕަރޭޝަނަށް ފައިދާހުރި ޕްރޮޖެކްޓެއްތޯ ބަލައި ކޮސްޓިންގ ހަދައި ކުންފުނީގެ މެނޭޖްމަންޓަށް ލަފާދިނުން.

-   އެކި ޕްރޮޖެކްޓް ތަކުގައި ބޭނުންކުރަންޖެހޭ ސިމެންތި، ދަގަނޑު އަދި އެސްފޯލްޓް ފަދަ ތަކެތީގެ ފެންވަރު ބެލުން

-   މި ކޯޕަރޭޝަނުގެ މަޝްރޫއުތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ކަމާބެހޭ އިދާރާތަކުގެ ގައިޑްލައިންސް އާއި އެއްގޮތްވާ ގޮތަށް މި ކޯޕަރޭޝަނަށް ދިނުން.

-   މި ކޯޕަރޭޝަނުގެ މަޝްރޫއުތައް ހިނގާ ސައިޓްތަކަށް ޒިޔާރާތްކޮށް މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމާއި އެކު ކަމާ ގުޅޭ ލަފާދީ އެ ސައިޓްތަކުގެ މުވައްޒަފުން ތަމްރީނު ކުރުން.

-   މި ކޯޕަރޭޝަނުގެ މަޝްރޫޢުތައް ޑިޒައިންގ ކޮށް މަޝްރޫޢުތަކުގެ ޓެކްނިކަލް ޑޮކިއުމަންޓްސް   (ޑީޓެއިލް ޑިޒައިން، ޓެންޑާރ ޑޮކިއުމެންޓްސް) އަދި ކޮންޓްރެކްޓް ޑޮކިއުމެންޓްސް ރިވިއުކުރުން.

-   މަޝްރޫއުތައް ހިނގާ ނުހިނގާގޮތް ސުޕަވައިޒްކުރުން.

-   ޓެކްނިކަލް ރިޕޯރޓްތައް، ކަމާ ގުޅުންހުރި އިދާރާ ތަކާއެކު މަޝްވަރާކޮށް ރިވިއުކުރުން.

-   މަޝްރޫއު ހިންގާ ، މޮނީޓަރ ކުރުމުގައި ކުންފުންޏަށް ބޭނުންވާ ފަންނީ ލަފާދިނުން.

-   ކުއްލި ހާލަތްތަކުގައާއި އެނޫންވެސް ހާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތްކުރަން ދިއުން.

މަޤާމް:

ކްއަންޓިޓީ ސަރވޭޔަރ، ގްރޭޑް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އީ.އެކްސް 1 – ގްރޭޑް 1

މުސާރަ:

މަހަކު -/14630 ރުފިޔާ (ސާދަހާސް ހަ ސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެޓެންޑެންސް އެލަވަންސް:

ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-   މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

-   މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-   ސިނާޢީ މަސައްކަތްތައް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-   ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

-   އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-   ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-   ޕްރޮޖެކްޓް ތަކަށް ބޭނުންވާނެ ބިލް އޮފް ކުއެންޓިޓީޒް (ބީ.އޯ.ކިއު) ބިލް އޮފް މެޓީރިއަލްސް (ބީ.އޯ.އެމް) ވާރކް ޝެޑިއުލް / ވާރކް އައުޓްސް ހަދަން އެހީތެރިވުމާއި، ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން.

-   ޕްރޮޖެކްޓް ތަކަށް ބޭނުންވާ ޓެކްނިކަލް އަދި އެހެނިހެން ކުރެހުންތައް ތައްޔާރުކުރަން އެހީތެރިވެދިނުން އަދި ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން.

-   ޕްރޮޖެކްޓް މޮނިޓަރކޮށް ޕްރޮޖެކްޓް ހިނގާ ނުހިނގާގޮތުގެ ތަފްސީލު ވެރިންނާ ހިއްސާކުރުން.

-   ޕްރޮޖެކްޓްތަކުގެ ޑެއިލީ ، ވީކްލީ އަދި މަންތްލީ ރިޕޯޓް ހެދުން.

-   ޕްރޮޖެކްޓް ތަކުގެ ސައިޓް ސާވޭ ކުރުން.

-   ޕްރޮޖެކްޓް ތަކުގެ ޕޭމަންޓް ޝެޑިއުލް ހެދުމަށް އެހީތެރިވެދިނުން އަދި ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން.

-   ޕްރޮޖެކްޓްތައް ކުރިއަށްދާ ސައިޓްތައް ބެލެހެއްޓުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ޑިސެމްބަރ 03 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު (ފޯމްގައި، އިޢުލާން ނަންބަރާއެކު)
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5.  ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6.  ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7.  ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8.  ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-    މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޑިސެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

                          04 ރަބީޢުލްއައްވަލް  1439

                          22 ނޮވެމްބަރ    2017

 

 

 

 

 

 

22 ނޮވެންބަރު 2017
ހޯދާ