ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިއުމަށް ބޭނުންވެއްޖެ

އިޢްލާން

ސްޓަޑީގައިޑް ލިއުމަށް ބޭނުންވެއްޖެ

މިސެންޓަރުން ހިންގާ ބައެއް ކޯސްތަކުގެ ސްޓަޑީގައިޑްތައް ލިޔުމަށް ކުރެވުނު ނަންބަރ (IUL)COL/1/2017/07 (08 ނޮވެމްބަރު 2017) އިޢުލާނާ ގުޅިގެން ތިރީގައިމިވާ 3 މާއްދާއަށް އެކަށީގެންވާ މިންވަރަށް އިޖާބަދީފައި ނުވާތީ އަލުން އެމަސައްކަތްތަކަށް އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ނޮވެމްބަރު 2017 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިސެންޓަރަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު،27 ނޮވެމްބަރު 2017 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިސެންޓަރަށް އަންދާސީ ހުށައެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޟިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް އަންދާސީ ހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. ސްޓަޑީގައިޑު ލިޔަން ބޭނުންވާ މާއްދާ ތަކަކީ:

 

ކޯސް

މާއްދާ

1

ބެޗްލާރސް އޮފް ޓީޗިންގ އިސްލާމް

 

 

 

ޕްރިންސިޕަލްސް އޮފް އިސްލާމިކް ޖޫރިސްޕުރޫޑެންސް

(އުޞޫލުލްފިޤުހު)

ސައިންސް އޮފް ޤުރުއާން (ޢުލޫމުލް ޤުރުއާން)

ފިޤުހު އޮފް ޓްރާންސެކްޝަންސް (ފިޤުހުލްމުޢާމަލާތި)

މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345188 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

                              02 ރަބީޢުލްއައްވަލު 1439

20 ނޮވެންބަރު 2017
ހޯދާ