ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
ޕްރީސްކޫލަށް ދަރިވަރުން ވެއްދުން

`

 

ށ. އަތޮޅުމަދަރުސާ

ށ. ކަނޑިތީމު / ދިވެހިރާއްޖެ

 

ނަންބަރ:GS34/2017/024

 

އިޢުލާން

 

 

2018 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވެއްދުމާއިބެހޭ:

 

           2018 ވަނަ އަހަރު އަލަށް މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން 23 ނޮވެންބަރ 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލަށް ވައްދަންއެދޭ ފޯމާއި އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ސްކޫލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. ސްކޫލަށް ވައްދަން އެދޭ ފޯމް 15 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

                  ޕްރީސްކޫލް މަރުޙަލާއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

4 އަހަރު ފުރި 5 އަހަރު ނުފުރޭ (2018 ޖެނުއަރީ 1 ގެ ނިޔަލަށް)

ޔޫ.ކޭ.ޖީ

5 އަހަރު ފުރި 6 އަހަރު ނުފުރޭ (2018 ޖެނުއަރީ 1 ގެ ނިޔަލަށް)

                 

            އެޑްމިޝަން ޕޮލިސީގެ 4 ވަނަ މާއްދާގެ (ށ) ގައިވާގޮތަށް ސްކޫލަށް ވައްދަން އެދޭ އަހަރު މާރޗްމަހުގެ 31 ގެ ނިލަޔަށް އަހަރުފުރޭ ކުދިންނަށްވެސް ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.

                    ވީމާ، މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                            25 ޞަފަރު 1439

                            14 އޮކްޓޯބަރ 2017

14 ނޮވެންބަރު 2017
ހޯދާ