ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިއުމަށް ބޭނުންވެއްޖެ

އިޢްލާން

ސްޓަޑީގައިޑް ލިއުމަށް ބޭނުންވެއްޖެ

މިސެންޓަރުން ހިންގާ ތިރީގައި ދެންނެވިފައިވާ ކޯސްތަކުގެ ބައެއް މާއްދާތަކަށް ސްޓަޑީގައިޑް ލިޔަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 14 ނޮވެމްބަރު 2017 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:00 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 15 ނޮވެމްބަރު 2017 ވާ ބުދަ ދުވަހު މެންދުރުފަހު 13:00 އަށް މިސެންޓަރަށް އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް އަންދާސީ ހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

 

ކޯސް

މާއްދާ

1

ބެޗްލަރސް އޮފް ޓީޗިންގ ސެކަންޑްރީ ދިވެހި ލެންގުއޭޖް އެންޑް ލިޓްރޭޗަރ

އަދަބިއްޔާތުގެ ތެރެއިން ބަސްކިޔަވާދިނުން

 

 

ފޮނެޓިކްސް އެންޑް ފޮނޮލޮޖީ

2

ބެޗްލާރސް އޮފް ޓީޗިންގ އިސްލާމް

 

 

 

ޕްރިންސިޕަލްސް އޮފް އިސްލާމިކް ޖޫރިސްޕުރޫޑެންސް

ސައިންސް އޮފް ޤުރުއާން

ފިޤުހު އޮފް ޓްރާންސެކްޝަންސް

            މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345188 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

                                 19 ސަފަރު 1438

08 ނޮވެންބަރު 2017
ހޯދާ