ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ވިޔަފާރި ސަރަހައްދުގެ 1 ނަމްބަރ ބިން ކުއްޔަށް ދޫކުރުން

އިޢުލާން

  • ރަތަފަންދޫ ސޯސަންމަގާއި އިތުބާރު މަގާއި ދެމެދު މެރިންރޯޑަށްވާގޮތަށް އޮތް ވިޔަފާރި  1 ނަމްބަރ ބިން ކުއްޔަށްދޫކުރުން

                  ރަތަފަންދޫ ވިޔަފާރި  ސަރަހައްދުގެ 1 ނަމްބަރ ބިން މިހާރު އެބިމުގައި ރާނާފައިވާ  ޢިމާރާތްތަކާ އެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީބޭނުންވެފައެވެ.

                  ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 9 ނޮވެމްބަރ 2017 ބުރާސްފަތި ވަހުގެ ހެދުނު  10:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަންބޭނުން ފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަމްބަރ : 6840016 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ.

 

#

ބިމުގެ ނަމްބަރ

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި (މަހަކު)

1

ވިޔަފާރި ސަރަހައްދު 1 ނަމްބަރ

2000 އަކަފޫޓް

1000.00 ރުފިޔާ

 

ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފްސީލް

1- ގާގަޑު 25 x 25 އުސް 10 ފޫޓުގެ އިމާރާތެއް ކުރުމަށް ރާނާފައިހުރި .

އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބިންތަރައްޤީ ކުރުމަށްގަސްތު ކޮށްފައިވާގޮތް ކުއްޔަށް  ހިފުމަށް ހުށަހަޅުއްވާ ކުލި ، އިޖުތިމާޢީ ކަންކަމަށް ވެދެއްވާނެ އެހީ ހުށަހަޅުއްވަން ވާނެއެވެ.

  • އިސްވެ ދެންނެވުނު ބިމުގައި ނުކުރެވޭނެ ކަންތައްތައް

1-      އިންޖީނުފަދަތަކެތި މަރާމާތު ކުރުމުގެ މަސައްކަތް

2-      އަޑުގަދަ މެޝިނަރީ ތަކުގެ ބޭނުންކުރުން

3-      ވޯކްޝޮޕް ފަދަތަންތަން ހިންގުމާއި ތެލުގެ ވިޔަފާރިކުރުން

 

  • ބިންތަރައްގީކުރުން

ރަތަފަންދޫ ވިޔަފާރި ސަރަހައްދު  1 ނަންބަރު ބިން ކުއްޔަށް ހިފާ ފަރާތަކުން ބިންކުއްޔަށް ހިފާތާ ލަސްވެގެން 6 މަސްދުވަހުގެ ތެރޭ ތަނުން ޚިދުމަތް ދިނުމަށްޓަކައި މަސައްކަތް ފަށަން ޖެހޭނެއެވެ.

  • ތަނުގެ ޚިދުމަތްދޭން ފެށުން

ލަސްވެގެން 2 އަހަރުދުވަހުގެތެރޭގައި ތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ވާނެއެވެ.

 

  • ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން

  ބިންކުއްޔަށް ހިފިފަރާތުން 18 މަސްދުވަސް ނުވަނީސް ބިންދޫކޮށްލާނަމަ 6 މަސް ދުވަހުގެ ކުލި   ކައުންސިލަށް ދައްކަންޖެހޭނެއެވެ.

 

  • ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް

1- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަފަރާތެއް ނަމަ އައިޑީކާޑުގެ ކޮޕީ

1-     ކޮމްޕެނީ ޕްރޮފައިލް

  • މިއިދާރާއިން  ބަލާނެ ކަންތައްތައް

1-      ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟

2-      އަމިއްލަ ފަރުދެއްނަމަ އެފަރާތަކީ  ކަމަށް އެކަށީގެންވާ ފަރާތެއްތޯ ؟

 

  • މާކްސް ދެވޭގޮތުގެ ތަފްސީލު:

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސެދެވޭގޮތް

ތަފްޞީލް

ހުށަހަޅާ މަހުކުއްޔަށް

60%

v      ހުށަހަޅާ މަހުކުއްޔަށް ދެވޭ  މާރކްސް  

v      މިމާރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ  ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު  އަގަށެވެ.

 

ބިންތަރައްޤީކުރުމަށް ގޯތީގެ ވަށާއިންފާރުރޭނުން    

20%

v      ބިމުގެ ވަށާ އިންފާރު 2 ފޫޓް އުސްމިނަށް  ރޭނުން    

v      މިމާކްސް ދެވޭނީ މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ  ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ  ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ  % އެއް ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

20%

v      އިޖުތިމާޢީ ކަންކަމަށް ދެވޭޢިނާޔަތު    

v      މިމާކްސް ދެވޭނީ  މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ އެންމެރަގަޅު ހުށަހެޅުމަކީ  ބެންޗް މާރކު ކަމަށްބަލައިގެން  ކަޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައިބަހާ ލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެރަގަޅު ހުށަހެޅުމެއް  ހުށަހަޅާފައިވާ ފަރާތަށެވެ . 

02 ނޮވެންބަރު 2017
ހޯދާ