ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސިކިޔުރިޓީ ބަލަހަޓަދޭނެ ފަރާތެއް ބޭނުންވެއްޖެ

                                                                                                  

                                                                                                       

ފ. އަތޮޅު މަދަރުސާ

ފ. ފީއަލި -  ދިވެހިރާއްޖެ

ފޯން: 795 2910                             

                                                                                                        ނަންބަރު:  2017/12/GS11

އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

2018ވަނަ އަހަރު މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

ވީމާ،މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ސްކޫލުން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމްތައް ފުރުމަށްފަހު، ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި '' 2018 ވަނަ އަހަރު ފ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުން '' މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިމަސައްކަތަށް މަޢުލޫމާތުދޭގަޑީގައި މަޢުލޫމާތުދެވޭނީ، ޙާޒިރުވާ ކޮންމެބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑު ގެންނަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނޫ (ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/19) ގެ ދަށުން، ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މައުލޫމާތު ސާފުކުރެއްވުން.

2017 ނޮވެމްބަރ 09ވާ ބުރާސްފަތި ދުވަހުގެ 10.00 ގައި، ފ.އަތޮޅު މަދަރުސާގައި

އަންދާސީ ހިސާބުހުށަހެޅުން.

2017 ނޮވެމްބަރ 13ވާ ހޯމަ ދުވަހުގެ 10.00 ގައި، ފ.އަތޮޅު މަދަރުސާގައި

 

 މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބާއި، އަދި  ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11  ޞަފަރު 1439 ހ.

31 އޮކްޓޫބަރ 2017 މ.                                                   

 

31 އޮކްޓޫބަރު 2017
ހޯދާ