ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ސްޓޭންޑަޑް ޑިވެލޮޕަރއެއް ހޯދުމަށް

އިޢުލާން

ތިރީގައި މި ދަންނަވާ މަގާމަށް މީހުންތަކެއް ބޭނުންވެއްޖެއެވެ.

މަޤާމް: ސްޓޭންޑަޑް ޑިވެލޮޕަރ

ބޭނުންވާ އަދަދު: 4 (ހަތަރެއް)              

މަގާމުގެ މުއްދަތު: 3 މަސްދުވަސް

މުސާރަ: މަހަކު 8000.00 (އަށްހާސް) ރުފިޔާ

ގިންތި: ވަގުތީ

މަސައްކަތް ކުރަންޖެހޭ ވަގުތު: ރަސްމީ ކޮންމެ ދުވަހަކު 4 ގަޑިއިރު

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :

 1. ޓިވެޓް އޮތޯރިޓީއިން ކުރިއަށްގެންދަން ކަނޑައަޅާފައިވާ ކޯސްތަކުގެ ސްޓެންޑަޑްތައް ތައްޔާރުކުރުން
 2. ޓިވެޓް އޮތޯރިޓީއިން މިހާރު ހިންގަމުންދާ ކޯސްތަކުގެ ސްޓެންޑަޑްތައް ރިވައިޒްކުރުން
 3. ޓިވެޓް އޮތޯރިޓީގައި މަސައްކަތްކުރަމުންދާ ޓިއުޓަރުން ސްޓޭންޑަޑްތަކަށް އަހުލުވެރި ކުރުވުމުގެގޮތުން ޕްރޮގްރާމްތައް ހިންގުން
 4. ސްޓޭންޑަޑް ޑިވެލޮޕްމަންޓް ސެކްޝަނުގެ ފަންނީ ކަންކަމާއި އަދި އިދާރީ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ދިނުން
 5. މީގެއިތުރުން މަގާމާއި ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން

މަގާމުގެ ޝަރުތު

 1. ކިޔަވައިދިނުމުގެ ރޮގުން ބެޗްލާސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 01 އަހަރުދުވަހު އުޅެފައިވުން.

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 1. ތަޢުލީމާއި ތަމްރީނު
 2. މަސައްކަތުގެ ތަޖުރިބާ
 3. ލިބިފައިވާ ހުނަރު

 

 

އިންޓަވިއުކުރުން:

 1. މި މަގާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 07 ނޮވެމްބަރ 2017 އާއި 09 ނޮވެމްބަރ 2017އާ ދެމެދުގެ ތާރީޚެއްގައި ޓިވެޓް އޮތޯރިޓީގައެވެ.
 2. ވަޒީފާއަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 06 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. މި ފޯމް ޓިވެޓް އޮތޯރިޓީގެ ވެބްސައިޓުންނާއި އަދި ޓިވެޓް އޮތޯރިޓީއިން ލިބެން ހުންނާނެ އެވެ. ޓިވެޓް އޮތޯރިޓީގެ ވެބްސައިޓްގެ އެޑްރެހަކީ www.tvet.gov.mv އެވެ.
 2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
 3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
 4. ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 5. އަދާކޮށްފައިވާ ވަޒީފާ ނުވަތަ ވަޒީފާތަކުގެ ލިޔުންތައް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

- މި  މަގާމަށް  ޝައުޤުވެރިވާ  ފަރާތްތަކުން  ހުށަހަޅަންޖެހޭ  ތަކެތި  ހުށަހަޅާނީ،  ޓެކްނިކަލް  އެންޑް ވޮކޭޝަނަލް  އެޑިޔުކޭޝަން  އެންޑް  ޓްރެއިނިންގ  އޮތޯރިޓީ (މޯލްޑިވްސް ޕޮލިޓެކްނިކް ބިލްޑިންގ، ގްރައުންޑް ފްލޯ) އަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 06 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 12:00ގެ ކުރިންނެވެ.

- ވަޒީފާއަށް އެދޭ ފޯމާއި އަދި އެހެނިހެން ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި އޮތޯރިޓީގެ 3341274ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

30 އޮކްޓޯބަރ 2017

30 އޮކްޓޫބަރު 2017
ހޯދާ