މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ގަވާއިދާ ހޚިލާފަށް ރީބްރޯޑްކާސްޓްކުރާ (ކޭބަލް ޓީވީގެ ހިދުމަތް ދޭ) ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން

 

 

"އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން"

                                                       

                                                        

 

 

                                                 

ނަންބަރު: 427-LCM/CIR/2017/16

 

ސަރކިއުލަރ

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާ (ކޭބަލް ޓީވީގެ ހިދުމަތް ދޭ) ފަރާތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން

 

        ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާއި 25 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމުގައި ބަޔާންވެގެން ވީހިނދު، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ހޯދުމެއްނެތި ބައެއް ފަރާތްތަކުން އަތޮޅު ތެރޭގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ (ކޭބަލްޓީވީ) ހިދުމަތް ދެމުންގެންދާކަން މި ކޮމިޝަނަށް ފާހަގަކުރެވިފައިވެއެވެ. އަދި މި މިކަމާގުޅޭ ގޮތުން މި ކޮމިޝަނަށް ޝަކުވާތައް ދަނީ ލިބެމުންނެވެ.

މި ސަރކިއުލަރ އާއެކު އެޓޭޗްކޮށްފައިވާ ލިސްޓްގައި އެ ވަނީ ދިވެހިރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކާއި، އެ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ހުއްދަ ދެވިފައިވާ ސަރަހައްދު/ރަށުގެ ލިސްޓެކެވެ. މި ލިސްޓުގައި ހިމޭނޭ ފަރާތްތައް ނޫން ފަރާތަކުން، ތިޔަ އަތޮޅު/ރަށުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭ ނަމަ، ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމާ ހަވާލުވެގެން ހުންނެވި އިސް ފަރާތުގެ ނަން، ފޯނު ނަންބަރު އަދި ޚިދުމަތް ދިނުމަށް ބޭނުންކުރާ ވިޔަފާރީގެ ނަމުގެ މައުލޫމާތު،  02 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މި ކޮމިޝަނަށް އެންގެވުން އެދެމެވެ.

12 މުޙައްރަމް 1439

02 އޮކްޓޯބަރ 2017

03 އޮކްޓޫބަރު 2017
ހޯދާ