ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާގެ ފުރުޞަތު

           މި އިދާރާގެ ނަންބަރ: 54/2017/PRIV/264(IUL) (05 ސެޕްޓެމްބަރ 2017) އިޢުލާނުގައި ބައެއް މަޢޫލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަޤާމަށް އިޢުލާން ކުރަމެވެ.

 

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ، އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމުގެ ނަންބަރު:

J-222711

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމު އޮތް އޮފީސް:

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ އިދާރާ / ހދ. ނޮޅިވަރަން

މުސާރަ:

-/7035 ރުފިޔާ (ހަތްހާސް ތިރީސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ (ސެހާސް ރުފިޔާ)

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވަޖިބުތައް:

  1. ލޭންޑު ސަރވޭ ކުރުމާއި ބިމާބެހޭ ޕްލޭން އެކުލަވާލައި ބިންބިމާ ބެހޭ އެންމެހައި ކަންތައްތައް ކުރުން.
  2. ކަނޑުގައިދުއްވާ އުޅަނދު ފަހަރުގެ ރަޖިސްޓަރީގެ ކަންތައްތައް ބެލެހެއްޓުމާއި ކަނޑު އުޅަނދުފަހަރުގެ ސާވޭކުރުމާއި ސަލާމަތީ ސެޓްފިކެޓް، ކަނޑުގެ އުޅަނދުގެ ސީވާރދިނަސް ހެއްދުމާއިގުޅޭ ކަންތައްތައް ބެލެހެއްޓުން.
  3. މިސްކިތްތަކާއި، ރައްޔިތުންގެ ޢިމާރާތްތައް ބެލެހެއްޓުން.
  4. ރައްޔިތުންގެ ބައިވެރިވުމާއި އެކު ރަށުގެ ތަރައްޤީގެޕްލޭން އެކުލަވާލުމުގައި ކައުންސިލްގެލަފާއާއި އެކު ކުރަންޖެހޭ މަސައްކަތްތައްކުރުން.
  5. ރަށުގެ ތަރައްޤީއާއި ބެހޭ މަސްރޫޢުތައް ކަނޑައެޅުމާއި،  މޮނިޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުން.
  6. ޢަމަލު ކުރަމުންދާ ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށްއޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.
  7. ރަށު ތަރައްޤީގެ ޕްލޭންގެ މައްޗަށް ބަލައިގެން ތައްޔާރު ކުރަންޖެހޭ މަސައްކަތު ތާވަލް ތައްޔާރުކޮށް ޕްލޭންގައި ހިމެނޭ ކަންކަން ހިނގަމުންދާގޮތް މޮނީޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުން.
  8. ރަށުގެ ތަރައްޤީއަށް އެއްކުރަންޖެހޭ މަޢުލޫމާތުތަކާ ތަފާސް ހިސާބު އެއްކޮށް، ތަފާސްހިސާބާއިބެހޭ ރިޕޯޓްތައް ހަދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ކައުންސިލް އިދާރާގެ ތަފާސް ހިސާބު ބެލެހެއްޓުން.
  9. ކުނިނައްތާލުމުގެ ކަންތައްތައް ބެލެހެއްޓުމާއި ގުޅޭކަންކަން ބެލެހެއްޓުން.

10. ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ދޭޚިދުމަތް ތަކުގެ ތެރެއިން ކައުންސިލް މެދުވެރިކޮށް ދިނުމަށް ހަމަޖައްސާފައިވާ ހުއްދަތަކާއި ޚިދުމަތްތައް ދިނުމުގެ ކަންތައްތައް ބެލެހެއްޓުން.

11. އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެއާއިގުޅޭ ޤަވާޢިދު ހެދުމާއި އެޤަވާޢިދުތައް ތަންފީޒު ކުރުމަށް މަސައްކަތްކުރުން.

12. ކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ފީ ކަނޑައެޅުމާއި ބެހޭ ކަންތައް ބެލެހެއްޓުން.

13. ކޮންމެ އަހަރެއްގެ ޖުލައިމަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ތައްޔާރުކުރުމުގައި ބަޖެޓް ސެކްޝަނަށް ލަފަޔާ މަޝްވަރާދިނުން.

14. ރަށުގެ ތިމާވެއްޓާ ބެހޭ ކަންތައްތައް ބެލެހެއްޓުން.

15. ރަށުގެ ވިހާ މަރުވާއާއި އުފަންދުވަހުގެ ރަޖިސްޓްރީއާއި ސެޓްފިކެޓްގެ މަސައްކަތް އަދި މީހުންގެ ރަޖިސްޓްރީއަށް އަންނަ އުނިއިތުރު އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމުގެ ކަންތައް ބެލެހެއްޓުން.

16. ގޯއްޗާއި ޢިމާރާތާއި ގޯތި އަދި ބިމުގެ ރަޖިސްޓްރީއާއި ރަށްވެހިންގެ ރަޖިސްޓްރީ ފަދަ ރަޖިސްޓްރީގެ މަސައްކަތްތަކާއި ބަލަހައްޓަންޖެހޭ ބިނާތަކާއި ބިންތައް ސަރުކާރުން ހަމަޖައްސާފައިވާ ގަވާއިދާ އެއްގޮތަށް ބެލެއްހެއްޓުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.

17. ވިޔަފާރި ހުއްދައާއި ބެހޭ ކަންތައްތައް ހަމަޖެހިފައިވާ ގަވާއިދާއި އެއްގޮތަށްކޮށް، ކުރުވައި ބެލެހެއްޓުން.

18. ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތް ތަކުގައި ބައިވެރި ވުމާއި ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލު ކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

19. ރަށުގައި ހިންގޭ ސަރުކާރުގެ އެންމެހައި ޕްރޮޖެކްޓްތައް ކައުންސިލްގެ ރައީސް އަންގަވާގޮތެއްގެ މަތިން ހިންގާ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

1.  އެޑްމިނިސްޓްރޭޝަންސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، އިންފޯމޭޝަން ޓެކްނޮލޮޖީ، ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2.   އެޑްމިނިސްޓްރޭޝަންސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، އިންފޯމޭޝަން ޓެކްނޮލޮޖީ، ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3.   އެޑްމިނިސްޓްރޭޝަންސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، އިންފޯމޭޝަން ޓެކްނޮލޮޖީ، ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4.   އެޑްމިނިސްޓްރޭޝަންސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، އިންފޯމޭޝަން ޓެކްނޮލޮޖީ، ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ސަނަދެއް ހާސިލުކޮށްފައިވުން.

5.   އެޑްމިނިސްޓްރޭޝަންސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، އިންފޯމޭޝަން ޓެކްނޮލޮޖީ، ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން:

ތަޢުލީމާއި ތަމްރީނު

 

މަސައްކަތުގެ ތަޖުރިބާ

 

މަސައްކަތުގެ ހުނަރު/އިންޓަވިއު އަދި ޕްރެޒެންޓޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފއިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދާ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް https://www.csc.gov.mv އިން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ނޮވެމްބަރ 2017 ވާ (އާދިއްތަ) ދުވަހުގެ 13:30 ގެ ކުރިން ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމް ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ.

އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2017 ނޮވެމްބަރ މަހުގައި އޮންނާނެއެވެ. އިންޓަވިއު އޮންނާނީ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިޔާގެ ހުރިހާ ބަޔަކުން ޖުމްލަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ 6520043 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރާނީ މިއިދާރާގެ މެއިލް އެޑްރެސް: [email protected] އަށެވެ.

            

24 އޮކްޓޫބަރު 2017
ހޯދާ