މަޑިފުށީ ސްކޫލް، ތ. މަޑިފުށި
ދިވެހިރާއްޖެ
2018 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވެއްދުން

އިޢުލާން

2018 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވެއްދުމާއިބެހޭ:

                   2018 ވަނަ އަހަރު އަލަށް މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން 15 ނޮވެންބަރ 2017 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލަށް ވައްދަންއެދޭ ފޯމާއި އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ސްކޫލްގެ އިދާރާއަށް ހުށަހެޅުންއެދެމެވެ. ސްކޫލް ވައްދަން އެދޭ ފޯމް 23 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރު 12:00 އަށް ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

                  ޕްރީސްކޫލް މަރުޙަލާއަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

4 އަހަރު ފުރި 5 އަހަރު ނުފުރޭ (2018 ޖެނުއަރީ 1 ގެ ނިޔަލަށް)

ޔޫ.ކޭ.ޖީ

5 އަހަރު ފުރި 6 އަހަރު ނުފުރޭ (2018 ޖެނުއަރީ 1 ގެ ނިޔަލަށް)

                  ނަމަވެސް އުމުރުފުރާ ބެލުމުގައި 2018 މާރޗް 31 ގެ ނިލަޔަށް އަހަރު ހަމަވާ ކުދިންނަށްވެސް ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.

                  ވީމާ، މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  22 އޮކްޓޯބަރ 2017

22 އޮކްޓޫބަރު 2017
ހޯދާ