މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢްލާން

ވަޒީފާގެ ފުރުޞަޠު

މިއިދާރާގެ ނަމްބަރު: (12-09-2017) ILU)338-AHR/338/2017/17) އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރު:

J-220799

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް/ ބަޖެޓް އެންޑް ފައިނޭންސް

މަޤާމް އޮތް އޮފީސް:

މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ

ވަޒީފާއަދާކުރަންޖެހޭ ތަން:

މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00ރުފިޔާ

އިތުރު އިނާޔަތްތައް

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

2- ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

(މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ އިނާޔަތްތައް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ސަރުކާރާއި ރައްޔިތުންގެ މުދަލާއި، ފައިސާ ބެލެހެއްޓުމާ ގުޅޭގޮތުން، އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްޝަން ހިންގަވާ ވެރިއެއްގެ މަޝްވަރާގެމަތިން ކުރުން.

2- "ބީ" ސެކްޝަންގެ ލިޔެކިއުން ތަކާއި، ފައިލްތައް ރައްކާތެރިކަމާއެކު ބަލަހައްޓާ، ފައިލްކުރަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ބަރާބަރަށް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

3- ލިބޭ ފައިސާގެ ދުވަހުފޮތް ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން. އަދި ރަސީދުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން. (އެދުވަހަކު އޮފީހަށް ބަލައިގަންނަ ފައިސާގެ ރަސީދުތައް އެދުވަހަކު،  ދުވަހު ފޮތަށް އަރުވާ ނިންމުން. އަދި  ޗެކްކުރުން)

4- އައިޓަމް ތަކުގެ ބާކީ ފޮތް ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން. (ލިބޭ ފައިސާގެ ދުވަހު ފޮތަށް އެދުވަހަކު އަރުވާ ފައިސާ އައިޓަމް ތަކުގެ ބާކީ ފޮތަށް އަރުވާ ނިންމުން. އަދި  ޗެކްކުރުން)

5- އެކައުންޓް ބާކީ އާއި، ތިޖޫރި ބާކީ ފޮތް ޤަވާޢިދުން ދުވަހުންދުވަހަށް ލިޔެ ބެލެހެއްޓުން. (އައިޓަމް ތަކުގެ ބާކީ ފޮތަށް އެދުވަހަކު އަރުވާ ފައިސާއެއް އެކައުންޓް ބާކީ އާއި، ތިޖޫރި ބާކީ ފޮތަށް އަރުވާ ނިންމުން. އަދި ޗެކްކުރުން)

6- މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އެލަވަންސް ޝީޓްތައް ކޮންމެ މަހެއްގެ 20 ވަނަ ދުވަހު ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށްފޮނުވުން (20 ވަނަ ދުވަސް ބަންދު ދުވަހަކާ ދިމާވެއްޖެ ނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު)

7- ޚަރަދު ކުރުމަށް ހުއްދަދޭ ފޮތް ލިޔެ ރައްކާތެރިކަމާއެކު ޤަވާޢިދުން ބެލެހެއްޓުން. (ޚަރަދުކުރަންޖެހޭ އެންމެހައި ފައިސާ، ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެމަތިން ދުވަހުން ދުވަހަށް ޚަރަދު ކުރުމަށް ހުއްދަދޭ ފޮތް ލިޔުން)

8- "ބީ" ސެކްޝަނުންކުރާ ކަންތައްތަކާ ގުޅޭގޮތުން އެކި ފަރާތްތަކަށް އަންގަންޖެހޭ އެންމެހައި އެންގުންތައް ދުވަހުން ދުވަހަށް އެންގުމާއި، ކުރަންޖެހޭ އިޢްލާނުތައް ލިޔެ ދުވަހުންދުވަހަށް އިޢްލާނުކުރުން.

9- ވިޔަފާރި ކުއްޔާއި، ލޯނު ފައިސާ ދައްކާ ގޮތުގެ ރެކޯޑްފޮތް ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ ރައްކާތެރިކަމާއެކު ބެލެހެއްޓުން.

10- "ބީ" ސެކްޝަނުން ކުރާ ކަންތައްތަކާ ގުޅިގެން ލިޔަންޖެހޭ ސިޓީ/ މެސެޖު ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް، ފޮނުވަންޖެހޭ ދުވަހަށް ފޮނުވުން.

11- ކައުންސިލް އިދާރާ އާއި ރައްޔިތުންގެ އެކައުންޓް ތަކާބެހޭ އެންމެހައި ލިއުންތައް ލިޔެ ރައްކާތެރިކަމާއެކު ބެލެހެއްޓުން.

12- ސަރުކާރާއި، ރައްޔިތުންގެ ތަކެތި ނީލަން ކިއުމުގެ ކަންތައްތައް ޤަވާޢިދުން ބެލެހެއްޓުން.

13- ގޮއިފާލައްބަ، ހިންނަ ފަދަ ތަންތަނާއި، ވަރުވާއަށް ދޫކޮށްފައިވާ ތަންތަނުގެ ވަރުވާ ދައްކަމުންދާ ގޮތުގެ ރެކޯޑްތައް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

14- އެކިފަރާތް ތަކަށް ކުއްޔަށް ދޫކުރެވިފައިވާ (ކުލި ލިބޭ) ބިންތަކުގެ ރެކޯޑްތައް ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

15- ކައުންސިލަރުންނާ، އިދާރާއިން ރަށުގެ ޢިމްރާނީގޮތުންނާ، އަދި އިޤްތިޞާދީގޮތުން ހިންގާ އެންމެހާ ކަންކަމުގައާއި ތަރައްޤީއަށް ހިންގާ އެންމެހާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

16- މީގެ އިތުރުން ބަޖެޓް ސެކްޝަންގެ ހެޑް ނުވަތަ ތިޖޫރިއާއި ޙަވާލްވެހުރި މުވައްޒިފަކު ޗުއްޓީ ނެންގެވުމުން ނުވަތަ އެހެންވެސް ކަންކަމުގައި ގިނަދުވަހަށް އިދާރާއަށް ނުނިކުމެވޭފަދަ ކަންކަމުގައި ތިޖޫރީއާއި ޤަވާޢިދުން ޙަވާލްވެ ފައިސާގެ އެންމެހާ މަސައްކަތްތައް ސެކްޝަނާ ޙަވާލްވެގެން މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކުރަމުން ގެންދިޔުން.

މަޤާމުގެ ޝަރުޠުތައް:

ބަޖެޓް އެންޑް ފައިނޭންސް/އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ބަޖެޓް އެންޑް ފައިނޭންސް/އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ

2. މިދާއިރާއިން ލިބިފައިވާ ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

4. މަސައްކަތުގައި އުޅެވޭދަފަ ޞިއްޙަތު

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑްގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް

4-  ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން

5- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީ  ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓް ތަކާއި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

(ނ) ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

6- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

7-  ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

 

   

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭފޯމް ކ. ގުރައިދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެ އެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2017 އޮކްޓޫބަރ 18 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެ އެވެ. އީ-މެއިލް އެޑްރެހަކީ. [email protected] އެވެ. ފެކްސް ނަމްބަރަކީ. 6640072 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލްކުރެވޭނެ އެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަނަމަ އެބައިވެސް ހިމެނުން) އޮންނާނެތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ 19 އޮކްޓޫބަރ 2017 އާއި 22 އޮކްޓޫބަރ 2017 އާއި ދެމެދު ކ. ގުރައިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގަ އެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚުތަކުގައި އިންޓަރވިއު އަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:  

މިވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެން ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެ އެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މިމަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ 30 އިންސައްތަ ލިބެންޖެހޭނެ އެވެ. 

އިތުރު މައުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640072 ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6640072 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

މިއިޢްލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 6640072 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6640072 އެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

10 އޮކްޓޫބަރު 2017
ހޯދާ