ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

ހިތަދޫ ޕޯޓް ލިމިޓެޑް

    ހިތަދޫ، ދިވެހިރާއްޖެ

 

 

 

HPL/ I-2017/02ނަންބަރު:

އިޢުލާން

 

މި ކުންފުނީގެ މިދަންނަވާ މަޤާމުތަކަށް މީހުންބޭނުންވެއްޖެ.            

  1. މަޤާމް:                އެސިސްޓެންޓެ ސެކިއުރިޓީ އޮފިސަރ ގރ.1  

އަސާސީ މުސާރަ:        -/5180ރ

ބޭނުންވާ ޢަދަދު:         01

ފެންވަރު ނުވަތަ ޝަރުތު(ތަޢުލީމާއި ތަޖުރިބާ):މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު ޖީ.ސީ.އީއޯލެވެލް "އިނގިރޭސި" މިމާއްދާ ހިމަނައިގެން 4 މާއްދާއިން ފާސްވެފައިވުން އަދި ސެކަންޑްރީ ސްކޫލް ނުވަތަ ހަޔާ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން،ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

 


 

  1. މަޤާމް:                އެސިސްޓެންޓް ޕްރޮކިއޮރމެންޓް އޮފިސަރ ގރ.1

އަސާސީ މުސާރަ:        -/5180ރ

ބޭނުންވާ ޢަދަދު:         01

ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ): މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު ޖީ.ސީ.އީއޯލެވެލް "އިނގިރޭސި" މިމާއްދާ ހިމަނައިގެން 4 މާއްދާއިން ފާސްވެފައިވުން އަދި ސެކަންޑްރީ ސްކޫލް ނުވަތަ ހަޔާ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން،ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

 

 


 

  1. މަޤާމް:                ސެކިއުރިޓީ ގާރޑް ގރ.1 

އަސާސީ މުސާރަ:        -/3890ރ

ބޭނުންވާ ޢަދަދު:         04

ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ): ގްރޭޑް 10 ގެ ފެންވަރު ހުރުން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 03 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއް ކަމުގައިވުން. ޝިފްޓު އުސޫލުން މަސައްކަތްކުރެވޭ އަދި ގަޑިއަށާއި ހާޒިރީއަށް ފަރުވާބަހައްޓާ މީހެއް ކަމުގައިވުން.

 

 

 

 

 

 

އިތުރުމަޢުލޫމާތު:މި މަޤާމްތަކަށް މުސާރައިގެ އިތުރުން ހާރޑްޝިޕް އެލަވަންސް، ރިސްކް އެލަވަންސް އަދި އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

ސިޓީ ފޮނުއްވުމުގެ މުއްދަތަކީ 12 އޮކްޓޯބަރ 2017 ގެ 15:30 ކުރިންނެވެ. ސިޓީ ހުށަހަޅުއްވާއިރު ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއާއި ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއިއެކު) ހުށަހަޅުއްވަންވާނެއެވެ. ކުރިން އެހެން ވަޒީފާއެއް އަދާކޮށްފައިވާނަމަ އެތަނަކާއި، އުޅެފައިވާ މުއްދަތު އަދި މަޤާމް އެގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުތުހަމަވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 8558 688 އަށް ގުޅުއްވުން އެދެމެވެ.

 

                           15 މުޙައްރަމް 1439

                           05 އޮކްޓޯބަރ  2017

 

05 އޮކްޓޫބަރު 2017
ހޯދާ