މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސް ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެއެވެ

އިޢުލާން

ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓަށް ތިރީގައި މިދަންނަވާ ފަރުނީޗަރ ގަތުމަށް ކުރެވުނު ނަންބަރު  IUL)22-PU/1/2017/309) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު، މިތަކެތި ގަތުމަށް އަލުން އިޢުލާން ކުރީމެވެ.

01 ރައުންޑް ޓޭބަލް

04 ލޯބެކް ޗެއަރ (ރައުންޑް ޓޭބަލަށް)

20 ލޯބެކް ޗެއަރ (ކޮންފަރެންސް ޓޭބަލަށް)

01 ކަބަޑު ސެޓް

01 ކޮފީ ޓޭބަލް (އައުޓްޑޯ)

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 އޮކްޓޯބަރު 08 ވަނަ ދުވަހުގެ 14:00 ށް

2017 އޮކްޓޯބަރު 12 ވަނަ ދުވަހުގެ 14:00 ށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރ ފޯނާއެވެ.

04 އޮކްޓޫބަރު 2017
ހޯދާ