ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސުނާމީ ކާރިޘާއާއި ގުޅިގެން ރެޑްކްރޮސްގެ ފަރާތުން ތަކެތި ރައްކާކުރުމަށް ބޭނުންކުރި ގުދަން ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން

ސުނާމީކާރިޘާއާއި ގުޅިގެން ރެޑްކްރޮސްގެ ފަރާތުން ތަކެތި

ރައްކާކުރުމަށް ބޭނުންކުރި ގުދަން ސިޓީލާ ނީލަމުގައި ވިއްކާލުން

                  ސުރުޚީގައި ދަނަންވާފައިވާ ގުދަން ސިޓީލާ ނީލަމުގައި ވިއްކާލުމަށް ކައުންސިލުންވަނީ ނިންމާފައެވެ.  

ގުދަނާއިބެހޭ މަޢުލޫމާތު

                މި ގުދަނަކީ ރާވާލާގޮތަށް ތައްޔާރުކޮށްފައިވާ ގުދަނަކަށްވާތީ ގުދަންމިހާރުވަނީ ރޫޅާލައި ކައުންސިލް އިދާރާގެ

ބެލުމުގެދަށުގައިވާ ގުދަނުގައި ބެހެއްޓިފައެވެ. ގުދަނުގެ ދިގުމިން 109ފޫޓް، ފުޅާމިން 30ފޫޓް.   

                ނީލަންފެށޭއަގަކީ -/15000ރ (ފަނަރަހާސްރުފިޔާ) އެވެ. މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ -/1000ރ (އެއްހާސް ރުފިޔާ) އެވެ.

މިނީލަމުގައި ބައިވެރިވާ ފަރާތްތަކުން ޑިޕޮސިޓްގެ ގޮތުގައި -/1000ރ (އެއްހާސްރުފިޔާ) ބަހައްޓަން ޖެހޭނެއެވެ. ނީލަމަށް އެންމެފަހުން ހުށަހެޅޭއަގަށް

(އަގުހުށަހަޅާދުވަސްފިޔަވައި) ބަދަލެއްނައިސް ވިދިވިދިގެން ރަސްމީ 3 ދުވަސް ވެއްޖެނަމަ އެއަގަށް ނީލަން ނިންމާލެވޭނެއެވެ.

                ނީލަމަށް ހުށަހެޅޭ އެންމެމަތީއަގު ކޮންމެދުވަހަކު ކައުންސިލް އިދާރާ ބަންދުވުމުގެކުރިން ނޯޓިސްބޯޑަށް ނެރެވޭނެއެވެ.

ގުދަން ބައްލަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތ މަޑިފުށީ ކައުންސިލް އިދާރާއަށް ވަޑައިގަތުމުން އެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ. ނީލަން ކާމިޔާބުކުރައްވާ

ފަރާތަކުން 10 ދުވަސްތެރޭ ފައިސާދެއްކެވުމަށްފަހު 20 ދުވަސްތެރޭ ތަކެތި ގެންދަން ވާނެއެވެ.

                ގުދަނާބެހޭ އިތުރުމަޢުލޫމާތު ،6780034 ނަމްބަރު ފޯނާއި ގުޅުއްވުމުންވެސް ސާފުކޮށްދެވޭނެއެވެ.  

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 އޮކްޓޫބަރު 2017
ހޯދާ