މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާެގެ ފުރުސަތު

 

އިޢުލާން

މި މިނިސްޓްރީގެ ތިރީގައިމިވާ މަޤާމަށް އިޢުލާން ކުރަމެވެ.   

 

01. މަޤާމް:

ޑިރެކްޓަރ

މަޤާމް ނަމްބަރު:

258956

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމްގެ ރޭންކް

އީ.އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ

ސެކްޝަން:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން  

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް/ މާލެ

މުސާރަ:

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސްފަރުވާގެ ޙިދުމަތް.

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

  1. ހިޔުމަން ރިސޯސް ، ޕްރޮކިއުމަންޓް، އެޑްމިނިސްޓްރޭޓިވް ސަޕޯޓް ޔުނިޓް އަދި އިންޕޮމޭޝަން ޓެކްނޮލޮޖީ ޔުނިޓްގެ ދަށުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން
  2. މިނިސްޓްރީ ހިންގުމަށްޓަކައި، މިނިސްޓްރީގެ އެންމެހާ ސެކްޝަންތަކުން ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުން.

މަޤާމުގެ ޝަރުތުތައް

 

 

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް/ އައި.ޓީ/ލޯ އަދި ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް/ އައި.ޓީ/ލޯ އަދި ފައިނޭންސްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް/ އައި.ޓީ/ލޯ އަދި ފައިނޭންސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް/ އައި.ޓީ/ލޯ އަދި ފައިނޭންސްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް/ އައި.ޓީ/ލޯ އަދި ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް/ އައި.ޓީ/ލޯ އަދި ފައިނޭންސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމު މި (މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް) ކައުންޓަރުން ލިބެން ހުންނާނެވެ. އަދި  މި އިދާރާގެ  (www.trade.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (12 އޮކްޓޯބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އީ-މެއިލް އެޑްރެހަކީ، ( [email protected]  )

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ ، އެޕްލިކޭޝަން ހުށައެޅުމަށް ކަނޑައަޅާފައިވާ އެންމެފަހު ތާރީޙުން ފެށިގެން 1 ނުވަތަ 2 ހަފްތާ އާއި ދެމެދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރިވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓް ކުރުން:

   

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ  ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން 30% އަށްވުރެ މަތިވާންޖެހޭނެއެވެ.

 

                       

-       ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނުން ކޮންމެ ދުވަހަކު 08:00  ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ.

-       މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަމްބަރ: 3333174،3333160 އަށް ގުޅުއްވުމުން ނުވަތަ [email protected]  އަށް މެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

 

03 އޮކްޓޫބަރު 2017
ހޯދާ