މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތައް 2 ބުރިއަށް އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

     `

         
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

އުނގޫފާރު، ދިވެހިރާއްޖެ                                       ނަންބަރު: IUL)303-AS/303/2017/41)

އިޢުލާން

މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތައް 2 ބުރިއަށް އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތައް 2 ބުރިއަށް އިމާރާތެއް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 09 އޮކްޓޫބަރ 2017 ވާ ހޯމަ ދުވަހުގެ 1:30 އަށް މިއިދާރާއަށެވެ. މިއިދާރާއިން ދޭ ކުރެހުމާއި އެއްގޮތައް އިމާރާތްކޮށްދިނުމަށް އެދި ހުށަހަޅާ ޕްރަޕޯސަލް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލް އިދާރާގައި 16 އޮކްޓޫބަރ 2017 ވާ ހޯމަ ދުވަހު 11:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރަޕޯސަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

                މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތައް އިމާރާތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއަކާއި، ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ ކުލަބް ޖަމާއަތަކުން ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތައް 2 ބުރިއަށް އިމާރާތް ކޮށްދިނުމަށް އެދި ހުށައަޅާ ޕްރަޕޯސަލް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރާގެ ބޭރުގައި އުނގޫފާރު ކައުންސިލްގެ ފަރާތުން 2 ބުރިއަށް އިމާރާތެއް ކޮށްދިނުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރަޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.

2 ބުރިއަށް ކުރެވޭ އިމާރާތާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ރަށު ކައުންސިލްގެ ނަމްބަރ 6580118 ނަމްބަރ ފޯނާއި ނުވަތަ ކައުންސިލްގެ މެމްބަރ ޙުސައިން އާސިފް   (މޯބައިލް ނަމްބަރ 9978600)  އާއި ގުޅުއްވުން އެދެމެވެ.

ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

މިކައުންސިލުން ދޭ ކުރެހުމާއި އެއްގޮތައް އިމާރާތް ކޮށްދިނުމަށް އެދި ހުށަހަޅާ އެންމެ ކުޑައަގަށް %70

މާލީ ތަނަވަސްކަމަށް % 10

މުއްދަތައް % 20

             ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.   

             13  މުހައްރަމް  1439    

             03  އޮކްޓޫބަރ  2017  

 

 

                                            އަބްދުންނާޞިރު ޢަލީ

                                            ކައުންސިލްގެ ރައީސް     

03 އޮކްޓޫބަރު 2017
ހޯދާ