އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރުއެކުވެނީ ޓަފް އަޅައިދޭނެ ފަރާތެއް ހޯދުމަށް

                          އިޢްލާން

މިރަށު ކުޅިވަރު އެކުވެނީގައި އެޅުމަށް ބޭނުންވާ ޓާފް ގެނެސް ޓާފް އަތުރައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

            މިރަށު ކުޅިވަރު އެކުވެނީގެ 1265 އަކަމީޓަރު ސަރަހައްދެއްގައި އަމިއްލަ ތަކެތީގައި ޓާފް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މަސައްކަތާބެހޭ އިތުރު ތަފްޞީލް ތިރީގައި އެވަނީއެވެ.

ޓާފް އަޅަން ޖެހޭ ސަރަހައްދުގެ ބޮޑުމިން: 1265 އަކަފޫޓް

ޓާފް ވިނައިގެ ދިގުމިން: 50 މިލި މީޓަރ

ޓާފްގެ އެތެރެ ފިލްކުރުން: ޓާފް އެޅުމަށްފަހު ޓާފްގެ އެތެރެ އެކަމަށްހާއްސަ ރަބަރު އަޅާ ފިލްކުރަންޖެހޭނެ

ޓާފް އަޅާ ސަރަހައްދުގެ ބިންގަނޑު ހަރުކޮށް ލެވެލް ކުރުން  : އެމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިކައުންސިލުން

މިމަސައްކަތުގެ އަގު އަދާކުރާނެ ގޮތް: މިމަސައްކަތުގެ އަގު އަދާކުރާނީ މުޅި މަސައްކަތުގެ އަގު 3 ބަޔަކަށް ބަހާލައިގެން، މަސައްކަތް ނިންމާ ކައުންސިލްގެ އިދާރާ އަށް ބިލް ހުށަހަޅާ ތާރީހުންފެށިގެން 1 މަސްދުވަހުގެ ތެރޭގައި ފުރަތަމަ ޕޭމަންޓް އަދި 6 ވަނަ މަސްދުވަހުގެ ތެރޭގައި ދެވަނަ ޕޭމަންޓް 12 ވަނަ މަސްދުވަހުގެ ތެރޭގައި 3 ވަނަ ޕޭމަންޓް ދައްކާ ގޮތަށެވެ.

            ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 އޮކްޓޫބަރު 2017 ދުވަހުގެ 13:00 އަށް މިކައުންސިލްގެ އިދާރާގެ މީޓިންރޫމަށް ހާޟިރުވެ މިމަސައްކަތް ކޮށްދޭނެ އަގު ބަޔާންކޮށް ބިޑްހުށަހެޅުއްވުން އެދި ދެންނެވީމެވެ.  

                   11 މުހައްރަމް 1439

              01 އޮކްޓޯބަރު 2017  

01 އޮކްޓޫބަރު 2017
ހޯދާ