މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

                                                        ނަންބަރު: 39/MRDC-IUL/2017

 އިޢުލާން

   

    މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، ގްރޭޑް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް އެސް 2 – ގްރޭޑް 1

މުސާރަ:

މަހަކު -/4560 ރުފިޔާ (ހަތަރު ހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-        ޖީސީ އޯލެވެލް / އޭލެވެލް 3 މާއްދާއިން ފާސްވެފައިވުމާއި ދިވެހި މާއްދާއިން ފާސްވެފައިވުން ނުވަތަ މަސައްކަތާއި ގުޅޭ ދާއިރާއަކުން އެމްކިއުއޭ ލެވެލް 4 ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ

-        މަސައްކަތާ ގުޅޭދާއިރާއަކުން 03 އަހަރުގެ ތަޖުރިބާ ލިބިފައިވުން

-       ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

-   ކުންފުނީގެ ސްޓޭޝަނަރީ ސްޓޮކްގެ ބާކީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ސްޓޮކަށް ބޭނުންވާ ތަކެތި ހޯދާ ސްޓޮކުން ތަކެތި ދޫކުރުން

-   ޑިޕާޓްމަންޓުގެ ފަރާތުން  ބަލަހައްޓަންޖެހޭ  އެންމެހައި  މަޢުލޫމާތުތަކާއި  ރެކޯޑުތައް ބެލެހެއްޓުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކުއުންތައް ތައްޔާރުކޮށް ފޮނުވުން

-   ކުންފުންޏަށް ލިބޭ ސިޓީ، ނޯޓް އަދި އެހެނިހެން ލިޔެކިއުންތަކުގެ އަސްލުތައް ފައިލްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން

-   ކުންފުނީގެ ވެހިކަލް އަދި ވެސެލްތަކުގެ އަހަރީފީ، ރޯޑްވާދިނަސް، ސީވާދިނަސް އަދި އިންޝްއަރެންސް ފީތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް ދައްކާ ބެލެހެއްޓުން.

-   ކުންފުނިން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ކުލި އަދި ސަބްކްރިޕްޝަން ފީތައް ކަނޑައެޅިފައިވާ ތާރީޚްތަކަށް ދައްކާ ބެލެހެއްޓުން.

-   ޑިޕާޓްމަންޓްގެ އަދި ޑިޕާޓްމަންޓުން ބަލަހައްޓާ ސައިޓް އޮފީސްތަކުގެ ޔައުމިއްޔާ ދުވަހުންދުވަހަށް ނިންމާ ބިއުރޯއަށް ހުށައެޅުން.

-   ކުންފުނީގެ ހެޑްއޮފީހާއި ސައިޓްއޮފީސްތަކުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް ބެލެހެއްޓުން.

-   ކުންފުނީގެ އަހަރީ ރިޕޯޓް އެކުލަވައިލުމަށް ބޭނުންވާ އެހީތެރިކަން ލިބިދިނުމާއި، އެހެނިހެން މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން އެދިއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދިނުން.

-   މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ހަރު މުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުން.

-   މިނޫންވެސް މަޤާމާ ގުޅޭގޮތުން ޑިޕާރޓްމަންޓް އިސްވެރިޔާ/ސްޕަވައިޒަރ ޙަވާލުކުރާ އޮފީހުގެ މަސައްކަތް ކުރުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 އޮކްޓޯބަރ 03 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6. ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8. ވަޒީފާ އަދާކުރި މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

-    މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 އޮކްޓޯބަރު މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 

08 މުޙައްރަމް 1439

  28 ސެޕްޓެމްބަރ 2017

 

28 ސެޕްޓެންބަރު 2017
ހޯދާ