ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުން ހޯދުމަށް

2017 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުން ހޯދުމަށް

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2017 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށްޓަކައި ޗީފް އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ 4 މީހުން ހޯދުމަށް ބޭނުންވެއެވެ.

މުސާރަ:

ކޮންމެ ސެޝަނަކަށް 300/-  ރުފިޔާ

ޝަރުތު:

  • ދިވެހި ރައްޔިތެއް ކަމުގައިވުން
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށްވުން
  • ޖީސީއީ އޯލެވެލް ފެންވަރަށް އިނގިރޭސި ބަސް އެނގޭ މީހަކަށްވުން
  • އިމްތިޙާނު ހިންގުމާއި ބެލެހެއްޓުމުގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާ މީހަކަށްވުން
  • އިމްތިޙާނުގެ މަސައްކަތް ފެށޭ ތާރީޚުން ފެށިގެން ނިމޭ ތާރީޚާ ހަމައަށް، އިމްތިޙާނު އޮންނަ ހުރިހާ ދުވަހެއްގެ ހުރިހާ ދަންފަޅިއަކަށް އައުމަށް ދަތިކަމެއް ނެތް މީހަކަށްވުން
  • އެމީހަކު އިންވިޖިލޭޓު ކުރާ އިމްތިޙާނަށް ދަރިވަރުން ތައްޔާރުކޮށްދޭ ނުވަތަ އެ އިމްތިޙާނުގައި ބައިވެރިވާ ކުދިންނަށް ކިޔަވައިދޭ މީހަކަށް ނުވުން.
  • އިންވިޖިލޭޓުކުރާ، (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން. އަދި އިންވިޖިލޭޓުކުރާ، (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާންކުރާ މީހަކު ކަމުގައި ނުވުން.

-          މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް،ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް

ހުށަހަޅަންޖެހޭ ތަކެތި:

  • އިންވިޖިލޭޓަރުންގެ މަޤާމަށް އެދި ހުށަހަޅާފޯމް. (މި ފޯމް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކައުންޓަރުނާއި ވެބްސައިޓް (www.ium.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި ފޯމްދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށެވެ.
  • ވަނަވަރު (ސީވީ).
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  • ލިބިފައިވާ ތަޢުލީމް އަދި ތަމްރީން ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.

 

ސުންގަޑި

  • ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 16 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ 14:00 ކުރީން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެދެމެވެ.
  • އިތުރު މައުލޫމާތު ސާފުކުރުމަށް 3022125 / 3022124 / 3022123 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

ޝުކުރިއްޔާ!
27 ސެޕްޓެމްބަރ 2017

27 ސެޕްޓެންބަރު 2017
ހޯދާ