މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމު:               ޕްރޮޖެކްޓް އޮފިސަރ

މަޤާމުގެ ނަމްބަރ:        J-227486

ބޭނުންވާ ޢަދަދު:         1

މަޤާމުގެ ގިންތި:         ދާއިމީ

މަޤާމުގެ ރޭންކް:         އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:   އޮފިސަރ ގްރޭޑް 1

ސެކްޝަން:            އިކޮނޮމިކް ސޯޝަލް އެންޑް މިނިސިޕަލް ސަރވިސަސް

މަޤާމް އޮތް އޮފީސް:      މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:  މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

މުސާރަ:              މަހަކު .5610.00 ރުފިޔާ   

ސަރވިސް އެލަވަންސް:    މަހަކު 2000.00 ރުފިޔާ

އިތުރު ޢިނާޔަތް ތައް:     1. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                    2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

                    3. ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                    4. ވަޒީފާއާއި ގުޅިގެން ދެވޭ އެހެނިހެން އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި،

ވާޖިބްތައް:             1- އޮފީސް ހުޅުވާ ބަންދުކުރުން.

- ޕްރޮޖެކްޓްތައް ހެދުމާއި، ޕްރޮޖެކްޓްތައް ހިންގާ ބެލެހެއްޓުން.                2            

                  3- ކައުންސިލް ހިނގާދިޔަ ގޮތުގެ 6 މަސްދުވަހު ރިޕޯޓާއި، އަހަރު ރިޕޯޓް ތައްޔާރު ކުރުން.

                  4- ކޮމެޓީތަކާއި، ކްލަބް ޖަމްޢިއްޔާތަކާއި، އެހެނިހެން މުއައްސަސާތަކާއި ބެހޭ  ކަންތައްތައް                          ބެލެހެއްޓުން.

                  5- އެކިއެކި މުނާސަބަތުތައް ފާހަގަ ކުރުމާއިބެހޭ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން. 

                  6- ކައުންސިލްގެ ޖަލްސާތަކަށް  ދަޢްވަތު ތައްޔާރު ކުރުމާއި،  ޖަލްސާތަކުގެ  ޙާޟިރީއާއި،

                     ޔައުމިއްޔާ ޤަވާޢިދުން ލިޔެ ބެލެހެއްޓުމާއި، ޖަލްސާތައް އިންތިޒާމް ކުރުން.

                  7- އަހަރީ ބަޖެޓް ލިޔެ ތައްޔާރުކޮށް، ކަމާބެހޭ ފަރާތަށް ފޮނުވުން.

   8- ވިޔަފާރިކުރާ ތަންތަނާއި، ހޮޓާ، ރެސްޓޯރެންޓްފަދަ ތަންތަނުގެ ރަޖިސްޓްރީކޮށް، ލިޔުންތައް 

ބެލެހެއްޓުން.                             

 

                  9- ރަށާބެހޭ މަޢްލޫމާތު ރެކޯޑް ލިޔެ ބެލެހެއްޓުން.                        

                  10- ރަށުގެ ތިމާވެއްޓާއި ބެހޭ ކަންތައްތައް ބެލެހެއްޓުން. 

                  11- ބަނދަރާއި، މަގުތަކާއި، އިޖްތިމާޢީ ސަރަޙައްދު ތަކާއި، ޤަބުރުސްތާނާއި، ބޯފެނާއި،

                      ނަރުދަމާ އާއިބެހޭ  ކަންތައްތައް ބެލެހެއްޓުން.  

                  12- އޮފީހުގެ ކޮމްޕިއުޓަރ ސިސްޓަމް ތަކާއި، މެޝެނަރީތައް ބެލެހެއްޓުން.

                  13- ސީ.އެސް. ވިއުގައިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

                  14- ކައުން ސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި،

                      ކައުން ސިލް ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 

 

                                    

މަޤާމުގެ ޝަރުޠުތައް:      1- ހިއުމަންރިސޯސް  މެނޭޖްމަންޓް   ނުވަތަ  އޮފީސް  މެނޭޖްމަންޓް   ނުވަތަ   އައިލެންޑް

 އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ

              ސަނަދެއް ޙާސިލްކޮއްފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ  ދާއިރާއެއްގައި 2  އަހަރުދުވަހުގެ

              މަސައްކަތުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

      2- ހިއުމަންރިސޯސް   މެނޭޖްމަންޓް   ނުވަތަ  އޮފީސް  މެނޭޖްމަންޓް  ނުވަތަ   އައިލެންޑް

            އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ

               ސަނަދެއް ޙާސިލްކޮއްފައިވުން ނުވަތަ

       3- ހިއުމަންރިސޯސް   މެނޭޖްމަންޓް  ނުވަތަ  އޮފީސް  މެނޭޖްމަންޓް   ނުވަތަ   އައިލެންޑް

             އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ

              ސަނަދެއް  ޙާސިލް ކޮއްފައި ވުމާއިއެކު ގުޅުންހުރި އެހެން ދާއިރާއަކުން  ލެވެލް 4 ނުވަތަ

              އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.    

                         

ވަޒީފާއަށް އެންމެ ޤާބިލް

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައް:            * ތަޢްލީމާއިތަމްރީން (ކަނޑައެޅިފައިވާއިންސައްތަ %38)

                 * މަސައްކަތުގެ ތަޖްރިބާއަށް (ކަނޑައެޅިފައިވާއިންސައްތަ )

                 * އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާއިންސައްތަ %48)

 

ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.

                 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޫނެ ފޯނު ނަމްބަރާއި، އީމެލް އެޑްރެސް ހިމެނޭގޮތަށް)

                 3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން  އަންގައިދޭ، މުއްދަތު ހަމަނުވާ  ކާޑުގެ ދެފުށުގެ

                   ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

                 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް  ޚިދުމަތް  ކުރުމުގެ އެއްބަސްވުމެއް އޮތް  މުއައްޒަފުން

                   ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން  ވީއްލުމާއިމެދު އިޢްތިރާޒެއް ނެތް

                   ކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

                 5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

                   (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ  ތަޢްލީމީ  ސެޓްފިކެޓް

                   ތަކުގެ ކޮޕީ.   (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ  މަތީ ތަޢްލީމްދޭ  މަރުކަޒަކުން ހިންގާ

                   ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ  ފެންވަރު ބައްލަވާފައިވާ  ސެޓްފިކެޓްތަކާއި،  ރާއްޖެއިން

                   ބޭރުގެ މަތީ  ތަޢްލީމްދޭ  މަރުކަޒަކުން  ހިންގާ  ރާއްޖޭންބޭރުގެ  ޕްރޮގްރާމް ތަކުގެ  ފެންވަރު

                   ބައްލަވާފައިވާ  ސެޓްފިކެޓްތައް ނުވަތަ   ކޯސް ފުރިހަމަ  ކުރިކަމުގެ  ލިޔުމާއެކު  ކޯހުންލިބޭ

                   ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް  މޯލްޑިވްސްކޮލިފިކޭޝަން  އޮތޯރިޓީއިން

                   ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

                   (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން  ހިންގާމަތީ ތަޢްލީމްދޭ  މަރުކަޒަކުން  ކުރިއަށް ގެންދާ

                   ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.  ނުވަތަ ކޯސް  ފުރިހަމަކުރިކަމުގެ  ލިޔުމުގެ

                   ކޮޕީ)

                   (ނ) ސިވިލް ސަރވިސް ޓްރޭނިންގް  އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ  ސެޓްފިކެޓްތަކުގެ                     ކޮޕީ.

                 6. ފުރިހަމަކޮށްފައިވާ، ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރިންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

                 7. ސިވިލް ސަރވިސްގެ ވަޒީފާއަށް  ވަނުމަށް ދެވޭ  އިމްތިޙާނުން  ފާސްވިކަން  އަންގައިދިނުމުގެ

                    ގޮތުން ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

                 8. މަސައްކަތުގެ ތަޖްރިބާ  ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ  އިދާރާތަކުން ދޫކޮށްފައިވާ ލިޔުން

                    ތަކުގެ ކޮޕީ.

                   (ހ) ސިވިލް ސަރވިސްއިން ބޭރު  ވަޒީފާއެއް  އަދާކޮށް ފައިވާނަމަ،  އެ ވަޒީފާއެއް  އަދާކުރި

                   މުއްދަތާއި، ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

                   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި

                   ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި، ކުރިމަސައްކަތް އަދި މަސައްކަތް ކޮށްފައިވާ

                   ތަނުގެ މުއައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  ވަޒީފާއަށް އެދޭފޯމް މިލަދުންމަޑުލު އުތުރުބުރީ  ބިލެތްފަހީ ކައުންސިލްގެ އިދާރާގެ  ކައުންޓަރުން

                        ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 05 އޮކްޓޫބަރ 2017 ވާ

                        ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

                   އަށެވެ. ވަޒީފާއަށް އެދޭފޯމްއާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށް

                        ވެސް ބަލައި ގަނެވޭނެއެވެ. ވއީމެއިލް އެޑްރެހަކީ  ([email protected]

                        އެވެ. ފެކްސް ނަމްބަރަކީ  (6540047) އެވެ.  އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ

                        ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި،

މުއްދަތު:                  މި މަޤާމަށް  މީހަކު ހޮވުމަށް ބޭއްވޭ  އިންޓަވިއު  އޮންނާނީ،  08 އޮކްޓޫބަރ 2017 އާއި  10

                  އޮކްޓޫބަރ 2017 އާއި ދެމެދު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ.

                       ވުމާއެކު،  މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން،  އެ ތާރީޚްތަކުގައި އިންޓަވިއުއަށް  ޙާޒިރުވުމަށް

                       ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:          މި ވަޒީފާއަށް އެދި  ހުށަހަޅާ، ޝަރުޠު ފުރިހަމަވާ  ފަރާތްތަކުގެ ޢަދަދު  10 އަށްވުރެ ގިނަނަމަ،

                  ތަޢްލީމީ ފެންވަރާއި، ތަޖްރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ

                  މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

                   

މަޤާމަށް މީހުންހޮވުމަށް

ކަނޑައަޅާފައިވާ

ކްރައިޓީރިއާގެ ހުރިހާ ބަޔަކުން

އެންމެ ދަށްވެގެން ލިބެންޖެހޭ

ޖުމްލަ އިންސައްތަ:           މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު                        ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އިތުރު މަޢްލޫމާތު:            މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު  ސާފުކުރުމަށް ގުޅާނީ  (6540047) މި ނަމްބަރު ފޯނާއެވެ.

                      ފެކްސް ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ([email protected])

                      އަށެވެ.

26 ސެޕްޓެންބަރު 2017
ހޯދާ