ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް އައި.ޓީ ސަޕޯޓް އޮފިސަރ

މަޤާމް:

އެސިސްޓެންޓް އައި.ޓީ ސަޕޯޓް އޮފިސަރ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރު ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)

މަޤާމް އޮތް އޮފީސް:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 04:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

މުސާރަ:

މަހަކު -/6,510 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/4,778.5 ރުފިޔާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ކޮންޕިއުޓަރ ވިއުގައިގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުގެ އިދާރާތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި، މައްސަލަތައް ހައްލުކުރާގޮތުގެ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުމާއި ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން އިންފޮމޭޝަން ސިސްޓަމްތަކަށް (ނެޓްވާރކް އަދި އެޕްލިކޭޝަން) ދިމާވާ މައްސަލަތައް ބަލާ ކަނޑައަޅާފައިވާ ފެންވަރުގައި ހައްލުކުރުމާއި ޚިދުމަތް ދިނުމަށް ބޭނުންކުރާ ސަރވަރ، ކޮމްޕިއުޓަރ ތަކާއި ސޮފްޓްވެއަރ އަދި އެހެނިހެން އިކުއިޕްމަންޓްތައް ސެޓްކޮށް، ކޮންފިގަރޮކށް ޑޮކިއުމަންޓް ތައްޔާރުކުރުމުގެ އިތުރުން އެން.ސީ.އައި.ޓީ އިން ހާސިލް ކުރުމަށް ކަނޑައަޅާ ލަނޑުދަޑިތައް ވަގުތަށް ބޭނުންވާ ފެންވަރަށް ހާސިލްކުރުން

 

މަޤާމުގެ ޝަރުތުތައް:

މަތީ ސާނަވީ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

(މިމަސަތްކަތައް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލު އަދި "ޓާރމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)

 

 

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ؛
  5. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  6. (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ.
  7. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

 

         

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށެވެ. އެޕްލިކޭޝަން އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން އާއިއެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3344004 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

27 ސެޕްޓެންބަރު 2017
ހޯދާ