ޑްރަގް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

c

 

ޑްރަގް ކޯޓް

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)435-A1/1/2017/12

 

ތާރީޚް: 26 ސެޕްޓެމްބަރ 2017

 

 


މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް.3

 

ޢަދަދު

1

ސެކްޝަން/ޔުނިޓް: ރިހެބިލިޓޭޝަން އެންޑް އެންފޯސްމަންޓް ސެކްޝަން

 

މަސައްކަތްކުރަންޖެހޭ ތަން:

ޑްރަގް ކޯޓު / ކ.މާލެ

 

އަސާސީ މުސާރަ:

 4,465/ -ރުފިޔާ

 

އެލަވަންސް:

-          ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

-          ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު:

1-   މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން،

   ނުވަތަ،

2-  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކްހެއް ލިބެމުންދިޔުމާއެކު GS-2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަސްތުވާތަކެތީގެ މައްސަލަތައް ޑްރަގް ކޯޓުން ބެލުމުގައާއި، އެފަދަ މައްސަލަތަކުގައި އަދަބު ކަނޑައެޅުމުގައާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ޕްރޮގްރާމްތައް ކަނޑައެޅުމުގައި ނޭޝަނަލް ޑްރަގް އެޖެންސީން ޑްރަގް ކޯޓަށް ބޭނުންވާ ލަފާ ހޯދުމުގެ ކަންކަން އިންތިޒާމްކުރުން.
  • ކޯޓުން ކަނޑައަޅާ ޕްރޮގްރާމެއްގައި ބައިވެރިވެ ފަރުވާ ހޯދުމަށް އެއްބަސްވާ ފަރާތްތަކަށް ބޭނުންވާ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނޭޝަނަލް ޑްރަގް އެޖެންސީއަށް ކުރާ އަމުރުތަކާގުޅޭ އެންމެހާ އިދާރީ ކަންތައް ކުރުން.
  • ކޯޓުގެ ފަރާތުން ފަރުވާއަށް ފޮނުވާ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި، ފަރުވާގެ ޕްރޮގްރާމްތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން.
  • ޙުކުމްކުރެވޭ ފަރާތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ އެންމެހާ އިދާރީ ކަންތައްތައް ބެލެހެއްޓުން.
  • ރީހެބިލިޓޭޝަން އަމުރާ ގުޅިގެން ފަރުވާގެ ޕްރޮގްރާމްގެ މުއްދަތުގައި ފަރުވާލިބިގަންނަ ފަރާތްތަކާ ގުޅޭގޮތުން ކޯޓުން ކުރަންޖެހޭ އެންމެހާ ކަންކަން މޮނިޓަރކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ޔުނިޓުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ/ނޯޓް ފަދަ ތަކެތި ލިޔުމާއި، ޔުނިޓަށް އެކިފަރާތްތަކުން ލިބޭ ތަކެއްޗަށް ޖަވާބު ދިނުން.

 

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

 

1-   ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމް

2-   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5-   އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި ރޭންކާއި، މަޤާމްގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިއުންތަކުގެ ކޮޕީ.

6-   އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

7-   ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ދެވަނަ ޝަރުޠަށް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން)

8-   ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލްކުރެވޭނެއެވެ.

 

ސުންގަޑި:

09 އޮކްޓޯބަރ 2017 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެކުރިން ޑްރަގް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

 

 

-          މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

-          އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

ނޯޓް:

މަތީގައިވާ މަޤާމްތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

             

 

26 ސެޕްޓެންބަރު 2017
ހޯދާ