ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުހެދުމާބެހޭ

 

އިޢުލާން

އަންދާސީ ހިސާބު ހޯދުން:

ގދ. ނަޑެއްލާގައި ހަދަންޖެހިފައިވާ މަގުތަކުގެ ތެރެއިން ބައެއް މަގުތައް ހެދުމުގެ މަސައްކަތް މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު  ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން ތިރީގައިއެވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށްޓަކާ ގަޑިޔަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި "ގދ. ނަޑެއްލާ ބައެއް މަގުތައް ހެދުމާއިބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން:

  • މަޢުލޫމާތު ސާފުކޮށްދިނުން:           25 ސެޕްޓެމްބަރ 2017 ވާ ހޯމަ ދުވަހުގެ   13:00ގައި  
  • އަންދާސީ ހިސާބު ބަލައިގަތުން:     28 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ   13:00ގައި

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

29 ޛުލްޙިއްޖާ 1438

20 ސެޕްޓެމްބަރ 2017

20 ސެޕްޓެންބަރު 2017
ހޯދާ