މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ މެކޭނިކް, ކޭޝިއަރ, ލޭބަރ

މަޤާމް:       ސީނިއަރ މެކޭނިކް (ގއ. ދާންދޫ އައިސް ޕްލާންޓް)

ބޭނުންވާ ޢަދަދު:  1

އަސާސީ މުސާރަ :  5900.00 ރުފިޔާ

ސާވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

ފުޑް އެލަވަންސް: ދުވާލަކަށް 60 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު: މަޤާމާއިގުޅޭ ދާއިރާއަކުން ސެޓްފިކެޓް ލެވެލް 4 ގެ ކޯހެއްފުރިހަމަ ކޮށްފައި ވުމާއި އެކު 1 އަހަރުދުވަހުގެ ތަޖްރިބާލިބިފައިވުން އަދި މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުން އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

 

 

މަޤާމް:       ކޭޝިއަރ (ގއ. ދާންދޫ އައިސް ޕްލާންޓް)

ބޭނުންވާ ޢަދަދު:  1

އަސާސީ މުސާރަ :  3100.00 ރުފިޔާ

ސާވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

ފުޑް އެލަވަންސް: ދުވާލަކަށް 60 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު  އޯލެވެލް އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.  އަދި މަޤާމާއި ގުޅުންހުރި ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

 

މަޤާމް:       ލޭބަރ (ގއ. ދާންދޫ އައިސް ޕްލާންޓް)

ބޭނުންވާ ޢަދަދު:  3

އަސާސީ މުސާރަ :  2700.00 ރުފިޔާ                      

ސާވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

ފުޑް އެލަވަންސް: ދުވާލަކަށް 60 ރުފިޔާ

ފެންވަރު ނުވަތަ ޝަރުތު: ލިޔަން ކިޔަން ދަތުމާއި ، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން  ސާބިތު  ކޮށްދިނުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހެއްކަމުގައިވުން.

 

       މަތީގައި ދެންނެވިފައިވާ މަޤާމްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރުގަޑީގައި މަސައްކަތް ކުރުމުން އިތުރުގަޑީ ފައިސާ ލިބިދެވޭނެއެވެ.

       މަތީގައިވާ މަޤާމްތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކެއް ނެތްނަމަ ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާއަށް ބަލައި އެންމެމަތިން މާރކްސް ލިބޭ ފަރާތްތަށް އިސްކަން ދެވޭނެއެވެ.

       މިމަޤާމްތަކަށް އެދިލައްވާ ފަރާތްތަކުން 20  ސެޕްޓެމްބަރ 2017 ވާ ބުދަަ ދުވަހުގެ 14:00 ގެ ކުރިން، ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީ.ވީ)އާއިއެކު ވަޒީފާއަށް އެދި ހެޑްއޮފީހަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected]  އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932 އެކްސްޓެންޝަން-110 އަށް ގުޅުއްވުން އެދެމެވެ.

13 ސެޕްޓެންބަރު 2017
ހޯދާ