މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

އިޢުލާން

  • އަންދާސީ ހިސާބު ބޭނުންވެއްޖެ.

            މިއިދާރާގެ ބެލުމުގެ ދަށުގައިވާ ކ.ގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ޢިމަރާތުގައި ކުރަންހުރި މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ މިމަސައްކަތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

 

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފްކުރުން

ކ.ގުރައިދޫ ކައުންސިލް އިދާރާ

14 ސެޕްޓެމްބަރ 2017

ބުރާސްފަތި

11:00

އަންދާސީ ހިސާބް ހުށައެޅުން

ކ.ގުރައިދޫ ކައުންސިލްގެ އިދާރާ

20 ސެޕްޓެމްބަރ 2017

ބުދަ

11:00

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށައެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ.

 

10 ސެޕްޓެންބަރު 2017
ހޯދާ