ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ، އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2 (މެނެޖީރިއަލް ސަރވިސް 2)

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ

 މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 އޮފީސް:

ނޮޅިވަރަމު ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ، ހދ.ނޮޅިވަރަން

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް:

އެޑްމިނިސްޓްރޭޝަންސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބިޒްނަސް، ޕްލޭނިންގ އެންޑް ޕްރޮޖެކްޓް، އިންފޯމޭޝަން ޓެކްނޮލޮޖީ، ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކައުންސިލާއި ޔުނިޓްގެ ވެރިޔާގެ ލަފާގެމަތިން ރަށުގެ ބިމާއިބެހޭ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  2. ރަށުން ދޫކުރެވިފައިވާ ބިންބިމާއި، ގޯތިތަކާއި އަދި ރަށުގެ ޗާޓު ކުރަހައި ގެންނަންޖެހޭ ބަދަލުތައް ކައުންސިލާއި، ޔުނިޓްގެ ވެރިޔާގެ ލަފާގެމަތިން ގެނައުން.
  3. އޮޑިދޯނި ފަހަރުގެ ސަލާމަތީ ސެޓްފިކެޓް ހައްދައިދނުމަށް ސާރވޭކުރުމާއި ސެޓްފިކެޓް ހަދައިދިނުން.
  4. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރަޟް ނުވާނޭ ގޮތުގެމަތިން ރަށުން ބިމާއި، ގޯތި ދޫކުރުމާއި، ބިމާއި، ގޯއްޗާއި، ޢިމާރާތްތައް ރަޖިސްޓަރީ ކޮށްދިނުމާއި، ގޯތި ގޯތީގެ އިމާބެހޭގޮތުން އިދާރާއަށް ހުށަހެޅޭ މައްސަލަތައް ކައުންސިލާއި ޔުނިޓްގެ ވެރިޔާގެ ލަފާގެމަތިން ޙައްލުކޮށްދީ އެކަންކަމުގެ ރެކޯޑްތައް ބެލެހެއްޓުން.
  5. ރައްޔިތުންނާއި ސަރުކާރުގެ ޢިމާރާތްތަކާއި މިސްކިތްތައް ބެލެހެެއްޓުން.
  6. ރަށުން ދޫކުރެވޭ ބިންބިމާއި، ގޯތި ގޯއްޗާއި، މަގުމަގާއި ގޯޅި ގޯޅީގައިހުންނަ ރުއްގަހުގެ ބަދަލުގެ އެންމެހައި ކަންކަން ޔުނިޓުގެ ވެރިޔާގެ ލަފާގެމަތިން ކޮށް، އޭގެ ރެކޯޑް ބެލެހެއްޓުން.
  7. އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނޭ ގޮތުގެ މަތިން ރަށުފެންވަރުގައި ކުނިތައްތާލެވޭނޭ އިންތިޒާމް، ކައުންސިލާއި ޔުނިޓްގެ ވެރިޔާގެ ލަފާގެމަތިން ހަމަޖެއްސުން.
  8. ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ބަނދަރު ބެލެހެއްޓުމާއި އާބާތުރަފިލުވުމުގެ މަސައްކަތް ކުރުން.
  9. ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ރަށުގެ މަގުބައްތިތައް މަރާމާތުކުރުވުމާއި ދިއްލާ ބެލެހެއްޓުމަށް ކުރަންޖެހޭ މަަަސައްކަތް ކުރުން.
  10. ހެދިފައިވާ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތީން ރަށުގެ ކަރަންޓާއި، ފެނާއި، ފާޚާނާ އާއި ނަރުދަމާ ނިޒާމް ފަދަ ޢާއްމު ޚިދުމަތްތައް ދިނުމާ ގުޅޭ އިދާރީ ކަންކަން ބެލެހެއްޓުން
  11. ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ޤަބުރުސްތާން ބެލެހެއްޓުމާއ ކައުންސިލް އިދާރާ ހިންގަވާ ވެރިޔާ ނުވަތަ ޔުނިޓްގެ ވެރިޔާގެ ލަފާގެ މަތީން ކަށުކަމާކެމީގެ ކަންތައްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  12. ކައުންސިލުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ރަށުގެ ސާފުތާހިރުކަން ދަމަހައްޓައި، ރަށުތެރެ ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  13. ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ޤާވާއިދުތަކާއި އުޞޫލްތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި، އެކިއެކި ފަރާތްތަކުން ރަށުގެ ބިމާއި ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތްތަކުގެ ރިކޯޑްތައް ބެލެހެއްޓުން.
  14. ދިވެހި ސިވިލް ސަރވިސް ޤާނޫނާއި ޤަވާޢިދާއި އުޞޫލްތަކާއި އެއްގޮތްވާ ގޮތުގެމަތިން ކައުންސިލަރުންނާއި އެހެނިހެން ވެރިން އަންގަވާ މަސައްކަތްތައް ކުރުމާއި ރަށުގެ އިޖްތިމާޢީ މަސައްކަތްތަކުގައި ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން:

ތަޢުލީމާއި ތަމްރީނު

 

މަސައްކަތުގެ ތަޖުރިބާ

 

މަސައްކަތުގެ ހުނަރު/އިންޓަވިއު އަދި ޕްރެޒެންޓޭޝަން

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމުގެ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ދުވަހާއި ތަން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް، މި އިދާރާގެ ފަރާތުން އަންގާނެއެވެ. އިންޓަވިއުކުރުން، 2017 ސެޕްޓެމްބަރ މަހު އޮންނާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (2015 މެއި 1 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއް ކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 14 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6520043 ނަންބަރު ފޯނާއެވެ. މި އިދާރާގެ އީމެއިލް އެޑްރެހަކީ، [email protected] އެވެ.

05 ސެޕްޓެންބަރު 2017
ހޯދާ