މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ބޭނުމަށް ޕްރޮޖެކްޓަރ އަދި ޑްރޯނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

މާލެ،

ދިވެހިރާއްޖެ.

                                                 ނަންބަރު:   IUL) 438/438/2017/186)

                          

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

       ދިވެހި ސަރުކާރުން ވާރލްޑްބޭންކާއި ގުޅިގެން ސްޓްރެޓެޖިކް ކްލައިމޭޓް ފަންޑްގެ ދަށުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ބޭނުމަށް ޕްރޮޖެކްޓަރ އަދި ޑްރޯނެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 ސެޕްޓެންބަރު 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމުން ސޮފްޓް ކޮޕީ ފޯރމެޓްގައި ޝޮޕިންގް ޑޮކިއުމަންޓް ލިބިވަޑައިގަންނަވާނެއެވެ.

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 ، ފެކްސް: 3018301

އީމެއިލް: [email protected]

 

އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 2017 ސެޕްޓެންބަރު 14ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

                           30 އޮގަސްޓު 2017

30 އޮގަސްޓް 2017
ހޯދާ