މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

 

                                             ނަންބަރު    : 88/IUL)202-L/1/2017)

 

                                   އިޢުލާން

                          އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު މާލޭގައި ރަޖިސްޓަރީކޮށްދިނުމުގެ ކުރިން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއުޅަނދެއް ރަޖިސްޓަރީ ކުރުމަށްޓަކައި ބޭނުންވާ ލިޔުންތައް ހުށަހަޅަންޖެހެއެވެ. އެގޮތުން ފުރިހަމަކޮށްފައިވާ އެއްގަމު އުޅަނދުގެ ޚިދުމަތަށްއެދޭ ފޯމު  (LR1)ގެ އިތުރުން ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާއިމެދު އެ ގަރާޖުގެ ވެރިފަރާތުގެ އިޢުތިރާޝެއް ނެތްކަމުގެ ލިޔުމާއި ގަރާޖުގެ ވެރިފަރާތުގެ އައިޑީ ކާޑުގެ އަސްލާއި ކޮޕީ އަދި ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުން ހުށަހަޅަންޖެނެއެވެ.

                   އެހެންކަމުން 2017 ސެޕްޓެމްބަރ01 ން ފެށިގެން މާލޭގައި ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދެއް ރަޖިސްޓަރީ ކުރާނަމަ މަތީގައި ބަޔާންކޮށްފައިވާ ތަކެތީގެ އިތުރުން އެ އުޅަނދު ބޭއްވުމަށް ހުށަހަޅާ ގަރާޖުގެ ބޭރުން ނަގާފައިވާ ފޮޓޯއަކާއި އަދި ގަރާޖުގެ އެތެރެއިން ނަގާފައިވާ ފޮޓޯއެއް ހުށަހަޅަންޖެހޭ ގޮތަށް ކަނޑައަޅައިފީމެވެ.އަދި ގަރާޖަށް ހުއްދަ ދިނުމުގެ ކުރިން އެ ގަރާޖަކީ އެ އުޅަނދު ބޭއްވުމަށް އެކަށީގެންވާ ޖާގަ ހުރި ގަރާޖެއްތޯ މި އޮތޯރިޓީގެ ކަމާބެހޭ ސަރވެޔަރުން ބަލައި ޗެކް ކުރަމުން ގެންދާނެއެވެ. އަދި އުޅަނދު ރަޖިސްޓަރީ ކުރުމަށްޓަކައި ހުއްދަ ދީފައިވާ ގަރާޖްތަކުގައި އެހެން ބޭނުމެއް ކުރަމުންދާނަމަ އެފަދަ ގަރާޖްތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމަށް ހުއްދަ ދެވެން ނޯންނާނެ ކަންވެސް ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

 

                     7  ޛުލްޙީއްޖާ        1438

                     29 އޮގަސްޓް        2017 

29 އޮގަސްޓް 2017
ހޯދާ