ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ރައްޔިތުންގެ ސަމާލުކަމަށް

             އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރައްވާފައިވާ ވޯޓަރސް ލިސްޓުގައިވާ މަޢުލޫމާތާ ތަފާތުކޮށް މަޢުލޫމާތު ބަދަލުވެފައި ވީނަމަވެސް (މިސާލަކަށް އެ ލިސްޓުގައި ހިމެނޭ ގެއެއް ނޫން އެހެން ގެއެއްގައި ރަޖިސްޓަރީވެފައި ވީނަމަވެސް) މަޢުލޫމާތު ބަދަލުކޮށް ކާޑު ހަދައިދިނުން 16 ނޮވެންބަރު 2013 އާ ހަމައަށް މިވަނީ މަޑުޖައްސާލާފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ވޯޓްލުން ދެވަނަ ބުރަކަށް ނުގޮސްފިނަމަ 09 ނޮވެންބަރު 2013 ގެ ފަހުން މިދެންނެވި ބަދަލުތައް ގެނެސް ކާޑުހަދައިދިނުން ކުރިއަށް ގެންދެވޭނެއެވެ. 18 އަހަރުން ދަށުގެ ކުދިންގެ މަޢުލޫމާތަށް އަންނަ ބަދަލުތައް ގެނެސް މިހާރެކޭވެސް އެއްގޮތަށް ކާޑު ހެދޭނެއެވެ.

             މިގޮތަށް މި ހަމަޖެއްސީ ވޯޓްލުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ގެއްލިގެން ދިޔަ ނުދިނުމަށްޓަކައެވެ.

             އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުން ފުޅުނަމަ 3005030، 3005031 3323817، 3323816 މިނަންބަރުތަކުން ނަންބަރަކާ ގުޅުވުން އެދެމެވެ.        

21 ޛުލްޙިއްޖާ 1434

26 އޮކްޓޫބަރު 2013
ހޯދާ