މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފޮތްލިޔެ ލޭއައުޓް ހަދާ ޗާޕްކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ޤައުމީ މަންހަޖުގެ ކީ ސުޓޭޖު 4 (ގުރޭޑު 9,10) އާއި ކީސްޓޭޖް 5 (12,11 )ގެ އިސްލާމް ، ޤުރުއާން، ދިވެހި އަދި ދިވެހިއަދަބިއްޔާތު މި ހަތަރު މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް ލިޔެ، ލޭއައުޓް ހަދާ ޗާޕުކޮށް، ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު IUL)22-PU/1/2017/191) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ކޮލިފައިވެފައިނުވާތީ، އެއިޢުލާން ބާތިލް ކުރުމަށްފަހު އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮދުމަށް އަލުން އިޢުލާން ކުރަމެވެ.

މި މަސައްކަތާއި ގުޅޭ ބީލަން ފޮތް ވިއްކާނީ 21 އޮގަސްޓް 2017 އިން ފެށިގެން 28 އޮގަސްޓް 2017 ވަނަ ދުވަހަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 12:00 އަށް، މި މިނިސްޓްރީގެ ފައިނޭންސް ސެކްޝަނުންނެވެ. ބީލަން ފޮތެއްގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2017 އޮގަސްޓް 29 ވަނަ ދުވަހުގެ 11:00 ށް

2017 ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ 11:00 ށް

އަދި ދަންނަވަމެވެ. ބީލަންފޮތް ބައްލަވާ ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަމްބަރ ފޯނާއެވެ.

17 އޮގަސްޓް 2017
ހޯދާ