މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީހުން ދިރިއުޅުމާއި އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާބިންބިމުގައި ގަވާއިދާއި އެއްގޮތަށް ރޭޑިއަސް ނުކޮށް ހުރި ކަންތައް ތަޅާލާ ރަގަޅު ކުރުމާއި ގުޅޭ

 

            

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

ޞުލްޙަވެރިކަން ރައްޔިތުންނަށް- ސަމާލުކަން ތަހުޒީބަށް

      އުނގޫފާރު، ދިވެހިރާއްޖެ                     

 

 

ނަންބަރު:   (IUL)303-AS/303/2017/31

އިޢުލާން

މީހުން ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންބިމުގައި ޤަވާއިދާ އެއްގޮތަށް ރޭޑިއަސް ނުކޮށް ހުރި ހުރިހާ ކަންތައް ތަޅާ ރަގަޅުކުރުމަށް ބޭނުންވާ ސިމެންތި ވެލި އެޅިގާ ދިނުމުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

              

           މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މީހުން ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންބިމުގައި ޤަވާއިދާ އެއްގޮތަށް ރޭޑިއަސް ނުކޮށް ހުރި ހުރިހާ ކަންތައް ތަޅާ ރަގަޅުކުރުމަށް ބޭނުންވާ ސިމެންތި ވެލި އެޅިގާ ދިނުމުން މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 17 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 1:30 އަށް މިއިދާރާއަށެވެ. މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބް ހުށަހެޅުން އޮންނާނީ ރ. އުނގޫފާރު ކައުންސިލް އިދާރާގައި 21 އޮގަސްޓް 2017 ވާ ހޯމަ ދުވަހު 11:00 ގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތް ޙާލަތެއް ދިމާވެ، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއަކާއި، ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލްގެ ފަރާތުން މީހުން ދިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ދޫކޮށްފައިވާ ބިންބިމުގައި ޤަވާއިދާ އެއްގޮތަށް ރޭޑިއަސް ނުކޮށް ހުރި ހުރިހާ ކަންތައް ތަޅާ ރާނައި ދިނުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.

ގަވާއިދާއި އެއްގޮތައް ރޭޑިއަސް ނުކޮށް ހުރި ގޭގޭގެ ކަންތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ކައުންސިލްގެ ނައިބްރައީސް މުޙަންމަދު އަފްލާޙް ( މޯބައިލް ނަމްބަރ 9553552)  އާއި ގުޅުއްވުން އެދެމެވެ.

 

ތިރީގައިއެވަނީ މިމަސައްކަތުގައި މާކުސް ދިނުމަށް ހަމަޖެހިފައިވާ ގޮތެވެ.

ހުށަހަޅާ އަގަށް %70

މާލީ ތަނަވަސްކަމަށް % 10

މުއްދަތައް %20

             ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.   

             22  ޒުލްގައިދާ  1438    

             14  އޮގަސްޓް  2017  

 

 

                                                             އަބްދުންނާޞިރު ޢަލީ

                                                             ކައުންސިލްގެ ރައީސް  

14 އޮގަސްޓް 2017
ހޯދާ