ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރު ދުވަހަށް އިމާމް/މުދިމް އަދި މަސައްކަތު މީހުން ހޯދުން

މަޤާމު:

އިމާމް / މުދިމު

ބޭނުންވާ އަދަދު:

2

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަސްޖިދު ބުރުނި ، މަސްޖިދުލް ފަލާޙް ، މަސްޖިދުލް އިޚްލާސް / ތ.ބުރުނި

މަޤާމު:

ރޭންކް

ކްލެޝިފިކޭޝަން

ޝަރުޠު

މަސައްކަތް ކުރާ  ގަޑިއަކަށް

އިމާމް

ޖީ. އެސް. 3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 

  • އިމާމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛ 
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

56/- ރުފިޔާ

މުދިމް

ޖީ.އެސް.1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭމީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

48/- ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

އެއްބަސްވުމުގައިވާ ގޮތަށް މިސްކިތްތަކުގެ އިމާމުން މުދިމުން ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެ މިސްކިތަށް ހާޟިރުނުވެވޭފަދަ ދުވަސްތަކުގައި މިސްކިތުގައި ބަންގި ދިނުމާއި  އިމާމުވެ ނަމާދުކުރުމާއި، މަޤާމާގުޅޭ އެހެނިހެން ކަންކަން ކުރުން

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

3

މަޤާމު އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަސްޖިދު ބުރުނި ، މަސްޖިދުލް ފަލާޙް ، މަސްޖިދުލް އިޚްލާސް / ތ.ބުރުނި

މަޤާމު:

ރޭންކް

ކްލެޝިފިކޭޝަން

ޝަރުޠު

މަސައްކަތް ކުރާ  ގަޑިއަކަށް

މަސައްކަތު

އެސް.އެސް.1

ސަޕޯޓް ސްޓާފް ގްރޭޑް 1

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން

40/- ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

އެއްބަސްވުމުގައިވާ ގޮތަށް މިސްކިތްތަކުގެ މަސައްކަތު މީހުން ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާއިހުރެ މިސްކިތަށް ހާޟިރުނުވެވޭފަދަ ދުވަސްތަކުގައި މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅާސާފުކޮށް ބެލެހެއްޓުމާއި  މަޤާމާގުޅޭ އެހެނިހެން ކަންކަން ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތައުލީމާއި ތަޖުރިބާއާއި އިންޓަރވިއުއަށް ބެލެވޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން ބާއްވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު ފަސްދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މިއިދާރާއިން ލިބެން ހުންނާނެއެވެ.(

* ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދާއިރާއާ ގުޅޭ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިއުންތައް.

* މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި، ޓްރާންސްކްރިފްޓްގެ ކޮޕީ.)

* ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުންނަ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް)

* ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކާއި، ސެޓްފިކެޓްތަކުގެ ކޮޕީ.

* މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

* ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގައިވާ ލިޔުންތައް ރަނގަޅަށް އެނގޭފަދަ ކޮޕީއެއް)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އެހެން ލިޔުންތައް، 2017 އޮގަސްޓް 17 ވާ   ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ކޮޅުމަޑުލު ބުރުނީ ކައުންސިލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6780038  ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. އީ މެއިލް އެޑްރަހަކީ  [email protected]   އެވެ.

16 ޒުލްޤައިދާ 1438

08 އޮގަސްޓް 2017

08 އޮގަސްޓް 2017
ހޯދާ