މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

                                    ވަޒީފާގެ ފުރުޞަޠު                                      

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / އިދާރާ:

މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް/ ބަޖެޓް އެންޑް ފައިނޭންސް

ވަޒީފާއަދާކުރަންޖެހޭ ތަން:

މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00ރުފިޔާ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ނުވަތަ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދައްވެގެން "ސީ" ގްރޭޑް ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

1- ސަރުކާރާއި ރައްޔިތުންގެ މުދަލާއި، ފައިސާ ބެލެހެއްޓުމާ ގުޅޭގޮތުން، އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްޝަން ހިންގަވާ ވެރިއެއްގެ މަޝްވަރާގެމަތިން ކުރުން.

2- "ބީ" ސެކްޝަންގެ ލިޔެކިއުން ތަކާއި، ފައިލްތައް ރައްކާތެރިކަމާއެކު ބަލަހައްޓާ، ފައިލްކުރަންޖެހޭ ތަކެތި ދުވަހުން ދުވަހަށް ބަރާބަރަށް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

3- ލިބޭ ފައިސާގެ ދުވަހުފޮތް ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން. އަދި ރަސީދުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން. (އެދުވަހަކު އޮފީހަށް ބަލައިގަންނަ ފައިސާގެ ރަސީދުތައް އެދުވަހަކު،  ދުވަހު ފޮތަށް އަރުވާ ނިންމުން. އަދި  ޗެކްކުރުން)

4- އައިޓަމް ތަކުގެ ބާކީ ފޮތް ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން. (ލިބޭ ފައިސާގެ ދުވަހު ފޮތަށް އެދުވަހަކު އަރުވާ ފައިސާ އައިޓަމް ތަކުގެ ބާކީ ފޮތަށް އަރުވާ ނިންމުން. އަދި  ޗެކްކުރުން)

5- އެކައުންޓް ބާކީ އާއި، ތިޖޫރި ބާކީ ފޮތް ޤަވާޢިދުން ދުވަހުންދުވަހަށް ލިޔެ ބެލެހެއްޓުން. (އައިޓަމް ތަކުގެ ބާކީ ފޮތަށް އެދުވަހަކު އަރުވާ ފައިސާއެއް އެކައުންޓް ބާކީ އާއި، ތިޖޫރި ބާކީ ފޮތަށް އަރުވާ ނިންމުން. އަދި ޗެކްކުރުން)

6- މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން އެލަވަންސް ޝީޓްތައް ކޮންމެ މަހެއްގެ 20 ވަނަ ދުވަހު ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށްފޮނުވުން (20 ވަނަ ދުވަސް ބަންދު ދުވަހަކާ ދިމާވެއްޖެ ނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު)

7- ޚަރަދު ކުރުމަށް ހުއްދަދޭ ފޮތް ލިޔެ ރައްކާތެރިކަމާއެކު ޤަވާޢިދުން ބެލެހެއްޓުން. (ޚަރަދުކުރަންޖެހޭ އެންމެހައި ފައިސާ، ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެމަތިން ދުވަހުން ދުވަހަށް ޚަރަދު ކުރުމަށް ހުއްދަދޭ ފޮތް ލިޔުން)

8- "ބީ" ސެކްޝަނުންކުރާ ކަންތައްތަކާ ގުޅޭގޮތުން އެކި ފަރާތްތަކަށް އަންގަންޖެހޭ އެންމެހައި އެންގުންތައް ދުވަހުން ދުވަހަށް އެންގުމާއި، ކުރަންޖެހޭ އިޢްލާނުތައް ލިޔެ ދުވަހުންދުވަހަށް އިޢްލާނުކުރުން.

9- ވިޔަފާރި ކުއްޔާއި، ލޯނު ފައިސާ ދައްކާ ގޮތުގެ ރެކޯޑްފޮތް ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ ރައްކާތެރިކަމާއެކު ބެލެހެއްޓުން.

10- "ބީ" ސެކްޝަނުން ކުރާ ކަންތައްތަކާ ގުޅިގެން ލިޔަންޖެހޭ ސިޓީ/ މެސެޖު ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް، ފޮނުވަންޖެހޭ ދުވަހަށް ފޮނުވުން.

11- ކައުންސިލާއި، ރައްޔިތުންގެ އެކައުންޓް ތަކާބެހޭ އެންމެހައި ލިއުންތައް ލިޔެ ރައްކާތެރިކަމާއެކު ބެލެހެއްޓުން.

12- ސަރުކާރާއި، ރައްޔިތުންގެ ތަކެތި ނީލަން ކިއުމުގެ ކަންތައްތައް ޤަވާޢިދުން ބެލެހެއްޓުން. އަދި ނީލަން ކިޔައިގެން ލިބޭ ފައިސާ އަތޮޅުކައުންސިލަށް ފޮނުވުން.

13- ގޮއިފާލައްބަ، ހިންނަ ފަދަ ތަންތަނާއި، ވަރުވާއަށް ދޫކޮށްފައިވާ ތަންތަނުގެ ވަރުވާ ދައްކަމުންދާ ގޮތުގެ ރެކޯޑްތައް ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

14- އެކިފަރާތް ތަކަށް ކުއްޔަށް ދޫކުރެވިފައިވާ (ކުލި ލިބޭ) ބިންތަކުގެ ރެކޯޑްތައް ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.

15- "އޭ" ސެކްޝަނުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ތައްޔާރުކޮށް، އެކިފަރާތްތަކަށް މަހުންމަހަށް ފޮނުވަންޖެހޭ ރިޕޯޓްތައް ކަނޑައެޅިފައިވާ ދުވަހަށް ބަރާބަރަށް ފޮނުވުން.

16- ކައުންސިލް އިދާރާއިން ރަށުގެ ޢުމްރާނީގޮތުންނާ، އަދި އިޤްތިޞާދީގޮތުން ހިންގާ އެންމެހާ ކަންކަމުގައާއި ތަރައްޤީއަށް ހިންގާ އެންމެހާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

17- މީގެ އިތުރުން ބަޖެޓް ސެކްޝަންގެ ހެޑް ނުވަތަ ތިޖޫރިއާއި ޙަވާލްވެހުރި މުވައްޒިފަކު ޗުއްޓީ ނެންގެވުމުން ނުވަތަ އެހެންވެސް ކަންކަމުގައި ގިނަދުވަހަށް އިދާރާއަށް ނުނިކުމެވޭފަދަ ކަންކަމުގައި ތިޖޫރީއާއި ޤަވާޢިދުން ޙަވާލްވެ ފައިސާގެ އެންމެހާ މަސައްކަތްތައް ސެކްޝަނާ ޙަވާލްވެގެން މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކުރަމުން ގެންދިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ

2. މިދާއިރާއިން ލިބިފައިވާ ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

4. މަސައްކަތުގައި އުޅެވޭދަފަ ޞިއްޙަތު

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު، އިޢްލާނުގެ މުއްދަތު ހަމަވާތާ 01 ދުވަހުގެ ތެރޭގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަރވިއު އަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި އެކަމަށް އެކަށީގެންވާ ވަގުތު އޮއްވާ އިންޓަރވިއު އަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:  

މި މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، 2017 އޯގަސްޓް 13 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި އިނާޔަތްތައް:

ސިވިލް ސަރވިސްގެ ޤަވާޢިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ އާއި، ބަންދު ދުވަހުގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަންފޯމް މިއިދާރާއިންނާއި ސިވިލްސަރވިސް ކޮމިޝަންގެwww.csc.gov.mv  ވެބްސައިޓުން ލިބެންހުންނާނެ)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

3- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ

4- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުއް ފެންނާނޭހެން ލިޔެފައިވާ  ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ

5- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

6- ވަޒީފާގެ ދާއިރާ އާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް

7- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރިތަނުގެ ރަސްމީ ލިޔުމެއް (މިލިޔުމުގައި އަދާކޮށްފައިވާ މަގާމްތަކާއި އެމަގާމްތައް އަދާކޮށްފައިވާ ތާރީޚްތައް އެނގެން އޮންނަންވާނެ އެވެ.

8- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާލިޔުންތަކުގެ އަޞްލު އިންޓަވިއުއަށް ޙާޟިރުވާއިރު ގެންނަންޖެހޭނެ އެވެ.

 

މިއިޢްލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، 6640072 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6640072 އެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

 
02 އޮގަސްޓް 2017
ހޯދާ