ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ައެޑްމިނިސްޓްރޭޓިވް އޮފިސަރ

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު

ޖީ އެސް 3

ރޭންކް

އޮފިސަރ ގްރޭޑް 1

ކްލެސިފިކޭޝަން

01 (އެކެއް)

ޢަދަދު

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް

މަސައްކަތްކުރަންޖެހޭ ތަން

-/4465 ރުފިޔާ

އަސާސީ މުސާރަ

-/1500 ރުފިޔާ

ސަރވިސް އެލަވަންސް

-/2550 ރުފިޔާ

ލިވިންގ އެލަވަންސް

އަސާސީ މުސާރައިގެ %40

ޖުޑީޝަލް އެލަވަންސް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރު ގަޑީގެ ފައިސާ

1-   މި މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައި ވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

2-   މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ތަޢުލީމާއި ތަޖުރިބާ

  1. ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުމާއި، މައްސަލަތަކާއި ގުޅިގެން ޙާޟިރުކުރަންޖެހޭ ފަރާތް  ޙާޟިރުކުރުމަށް ފޮނުވަންޖެހޭ  ޗިޓްހެދުމާއި ޗިޓްބަހާ މުވައްޒަފުންނާއި ޙަވާލުކޮށް، މައްސަލަ ބޭއްވުމުގެ ކުރިން އަމުރު ރައްދުވެފައިވޭތޯ ދުވަހުން ދުވަހަށްބަލާ، އެމަޢުލޫމާތު މެޖިސްޓްރޭޓަށް އެރުވުން.
  2. ހުށަހެޅޭ މައްސަލަތަކާބެހޭގޮތުން އަޅަންޖެހޭ އިދާރީ ފިޔަވަޅުތައް އެޅުން
  3. ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އިސްމެޖިސްޓްރޭޓް އަންގާގޮތެއްގެ މަތިން އެޅުމާއި، ޝަރީޢަތާއި ގުޅިގެން ނަގާފައިވާ ބަޔާންތައް މަޙުޟަރުކުރުން.
  4. ކޮންމެ ދުވަހެއްގެ ޝަރީޢަތަށް މީހުން ވެއްދުމާއި ނެރުމުގެ ކަންތައް ބެލެހެއްޓުން.
  5. ސެކްޝަނުން ނިންމާ މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކޮށް، ބެލެހެއްޓުން.
  6. މިކޯޓަށް ކަނޑައަޅާފައިވާ މުއްދަތު ކަލަންޑަރާއި އެއްގޮތަށް ރަސްމީ ދުވަސްތަކުގައާއި ބަންދު ދުވަސްތަކުގައި މުއްދަތުގެ ކަންތައްތައް ކުރިއަށް ގެންދިއުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

1-      ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ

2-      ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު.

3-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-      މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.)

5-      ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

6-      ވަޒީފާގައި އުޅޭނަމަ ނުވަތަ އުޅެފައިވާނަމަ އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ނަމާއި، މަސްއޫލިއްޔަތު، އަދި އެވަޒީފާގައި ހޭދަވި މުއްދަތާއި ވަޒީފާގެ ރޭންކް އެނގޭނެ ރަސްމީލިއުމެއް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 10  އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިކޯޓަށް ހުށަހެޅުން އެދެމެވެ.

ސުންގަނޑި

މިކޯޓުގެ ވަޒީފާއަށް އެދޭ ފޯމު މިކޯޓުގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.

 

 

10 ޛުލްޤައިދާ 1438

02 އޮގަސްޓް 2017

02 އޮގަސްޓް 2017
ހޯދާ