މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ސްޕޯޓްސް މެޑިސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް ރަޖިސްޓަރީކުރުން

"ސްޕޯޓްސް މެޑިސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް" މި ނަމުގައި ޖަމްޢިއްޔާއެއް 09 އޮކްޓޫބަރު 2013 ގައި މި މިނިސްޓްރީގައި ރަޖިސްޓަރީކޮށްފީމެވެ.

މި ޖަމްޢިއްޔާގެ އިދާރާއަކީ އެފް.އޭ.އެމް. ހައުސް، މާލެ އެވެ.

މި ޖަމްޢިއްޔާގެ މުއައްސިސުންނަކީ ސ.ހިތަދޫ ސީސަންމާގެ ޑޮކްޓަރ މުޙަންމަދު ޙަބީބާއި، މއ.ފަރުދާބަގީޗާ އަޙްމަދު ޝަކީބާއި، ހ.ސޯފިޔާ ނަހުދާ ނަޞީރެވެ.

މިހެންވެ،  މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

04  ޛުލްޙިއްޖާ  1434

09 އޮކްޓޫބަރު 2013
ހޯދާ