ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
ދިވެހިރާއްޖެ
ޕާރޓްޓައިމް ލެކްޗަރަރުން ހޯދުން

 

މިސެންޓަރުން ހިންގާ ކޯސްތަކަށް ކިޔަވައިދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރުން ބޭނުންވެއެވެ.

ޝަރުޠު:

ނެވިގޭޝަން ލެކްޗަރަރ: ނޯޓިކަލް ކޮލެޖަކުން ނުވަތަ އިންސްޓިޓިއުޓަކުން ތަޢުލީމް ޙާޞިލްކުރުމަށްފަހު މާސްޓަރ ނުވަތަ ޗީފްމޭޓް ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ ލިބިފައިވުން.

އިންޖިނިއަރިން ލެކްޗަރަރ: އިންޖިނިއަރިން ކޮލެޖަކުން ނުވަތަ އިންސްޓިޓިއުޓަކުން ތަޢުލީމް ޙާޞިލްކުރުމަށްފަހު ޗީފް އިންޖިނިއަރިންގ ނުވަތަ ސެކަންޑް އިންޖިނިއަރކަމުގެ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ ލިބިފައިވުން.

އުޖޫރަ: ޕާރޓްޓައިމް ލެކްޗަރަރުންނަށް ދިވެހިރާއްޖޭގެ ޤައުމީޔުނިވަރސިޓީގައި ހަމަޖެހިފައިވާ އުސޫލުން އުޖޫރަދެވޭނެއެވެ.

ވީމާ، މިސެންޓަރުން ހިންގާ ކޯސްތަކުގައި ޕާރޓްޓައިމްކޮށް ކިޔަވައިދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 10 އޮގަސްޓު 2017 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ކ.ވިލިނގިލި) އަށް މިކަމަށްއެދި ސިޓީ ނުވަތަ އީމެއިލް ފޮނުއްވުންއެދެމެވެ.

ސިޓީއާއިއެކު ހުށައަޅަންޖެހޭ ތަކެތި:

- ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނުނަމްބަރަކާއިއެކު)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް/ލިޔުންތަކުގެ ކޮޕީ

- ސެޓްފިކެޓް އޮފް ކޮމްޕީޓަންސީގެ ކޮޕީ

އީމެއިލުންނަމަ، [email protected] އަށް ފޮނުއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެވަޑައިގަންނަވާނަމަ،3390681 ނުވަތަ 3396761 ނަންބަރާއި ގުޅުއްވުންއެދެމެވެ. 

01 އޮގަސްޓް 2017
ހޯދާ