މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޖެޓް ސްކީފަދަ ތަކެތި އެއްގަމުން މޫދަށް ގެންދިއުމަށް ބޭނުން ކުރާ ޓްރެއިލާސް ކްލެސިފައި ކުރުމާ ބެހޭ

ރާއްޖެއަށް އެތެރެކުރެވޭ (SKI BUGGY 4 WHEEL DEACH DOLLEY) ޖެޓް ސްކީފަދަ ތަކެތި އެއްގަމުން މޫދަށް ގެންދިއުމަށް ބޭނުން ކުރާ ޓްރެއިލާސް ކްލެސިފައި ކުރުމުގައި އޮޅުން އަރަމުންދާކަން ފާހަގަ ކުރެވިފައިވާތީ ވާރލްޑް ކަސްޓަމްސް އޮގަނައިޒޭޝަންގެ ލަފަޔަކަށް އެދުމުން އެފަރާތުން ދީފައިވާ ލަފާގައިވާ ގޮތުގެ މަތީން މިބާވަތުގެ މުދާ ކްލެސިފައި ކުރަންޖެހޭ ގޮތުގެ ތަފުސީލު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

މުދަލުގެ ތަފުސީލު

އެޗް.އެސް. ކޯޑް

ޑިއުޓީރޭޓް

ޔުނިޓްއޮފްކޮންޓިޓީ

SKI BUGGY 4 WHEEL DEACH DOLLEY

8716800000

35%

NOS

ވީމާ، މިބާވަތުގެ މުދާ ރާއްޖެ އެތެރެކުރުމަށް ކަސްޓަމްސް ޑިކްލަރޭޝަން ފުރިހަމަ ކުރުމުގައި މަތީގައި ބަޔާން ކުރެވުނު ގޮތުގެ މަތީން ޢަމަލުކުރެއްވުން އެދެމެވެ.

 14 ޛުލްޙިއްޖާ 1434

19 އޮކްޓޫބަރު 2013
ހޯދާ