ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަވައިޒަރ، ވެހިކަލް އެންޑް މެއިންޓެނަންސް

ވަޒީފާގެ ފުރުޞަތު                       ނަންބަރު: TCL-HR/IUL/17/12

މަޤާމު:   ސްޕަވައިޒަރ، ވެހިކަލް އެންޑް މެއިންޓެނަންސް

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާއަދާކުރަން ޖެހޭ ތަން:  ތިލަފުށި އޮފީސް

ސެކްޝަން: އޮޕަރޭޝަންސް ޑިޕާރޓްމަންޓް

މަޤާމުގެ ޝަރުޠު:

  1. 1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ.އޯ ލެވެލް ފެންވަރު ހުރުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަސައްކަތުގެ ދާއިރާއިން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

2. ބޮޑު މަޝްއޫރުތައް ސުޕަވައިޒް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

3. އިނގިރޭސި އަދި ދިވެހި ބަހަށް ފަރިތަ މީހަކަށްވުން.

4. ސަރުކާރުގެ އިދާރާތަކަށް އަހުލުވެރި ފަރާތެއްކަމުގައިވުން.

5. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ މީހަކު ކަމުގައިވުން.

6. މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

7. ތިލަފުށީގައި ސްޓޭސަންވެ މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ކޯޕަރޭޝަންގެ ބޭނުންކުރެވޭ މެޝިނަރީއާއި އިކުއިޕްމެންޓް ތަކުގެ ތެރެއިން މަރާމާތު ކުރަންޖެހޭ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމުގެ އެންމެހައި އިންތިޒާމް ހަމަޖެއްސުން.   

2. ކޯޕަރޭޝަންގައި ދުއްވާ އެއްގަމު އަދި ކަނޑުގެ އުޅަނދުފަހަރުތަކަށް ލިބޭ ގެއްލުންތައް ރަނގަޅަށް ބަލައި ކުރަންޖެހޭ މަރާމާތުތަކާއި މިނޫންވެސް މިބާވަތުގެ އެންމެހައި ކަންކަން ރަނަގަޅަށް ކުރެވިފައިވޭތޯ ޔަގީން ކުރުން.

3. ކޯޕަރޭޝަންގެ މެއިންޓެނަންސް އިކުއިޕްމެންޓްސްގެ އިންވެންޓްރީ ބެލެހެއްޓުން.

4. ކޯޕަރޭޝަންގެ ކަނޑު އުޅަނދުފަހަރާއި ވެހިކަލްތައް ހުންނަނީ ރަނގަޅު ކޮންޑިޝަނެއްގައިކަން ޔަގީންކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ:އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސް އާއި ފުޑް އެލަވަންސް ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.
 

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:

3 އޯގަސްޓް 2017 ވާ ބުރާސްފަތި  ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއިއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ އަށް ހުށައެޅުއްވުން އެދެމެވެ.
އީމެއިލް އިން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. ( އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެ )

  1. 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  2. 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. 4.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. 5.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  5. 6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

  • މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

    މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

                23 ޖުލައި 2017

 

23 ޖުލައި 2017
ހޯދާ