މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެބްސައިޓް ޑިޒައިން

ވެބްސައިޓް ޑިޒައިން ކުރުމާބެހޭ

މި އިދާރާގެ ވެބްސައިޓް ޑިޒައިން ކުރަންބޭނުންވެއެވެ.

ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އޮގަސްޓް 6 ވާ އާދީއްތަ ދުވަހުގެ 13.00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2017 އޮގަސްޓް 14 ވާ ހޯމަ ދުވަހުގެ 13.00 އަށް މި އިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓު ހުށަހަޅުއްވާއިރު ހާޑު ކޮޕީގެ އިތުރުން ސޮފްޓް ކޮޕީ ވެސް ހުށަހަޅުއްވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އެސްޓިމޭޓް ހުށަހެޅުއްވުމަށް ބަދަލު ގައި މީހަކު ފޮނުއްވާ ނަމަ ސިޓީއަކާ އެކު ފޮނުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެނުލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނޭ ވާހަކަ ދަންނަވަމެވެ.

އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560015 ނަންބަރު ފޯނާއެވެ. އީ-މެއިލުން ނަމަ [email protected] އަށެވެ.

29 ޝައްވާލް 1438ހ.

23 ޖުލައި 2017މ.

23 ޖުލައި 2017
ހޯދާ