މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

`

 

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

ނަންބަރު: MITDC/IUL/2017/0008

 

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

ޑިޕާޓްމަންޓް / ސެކްޝަން:

ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާރކެޓިންގ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 5 ވަނަ ފަންގިފިލާ، ވެލާނާގެ، ކ. މާލެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ: 9,600 ރުފިޔާ

ސަރވިސް އެލަވަންސް: 6,400 ރުފިޔާ

މަޤާމުގެ ޝަރުޠު:

 1. ބިޒްނަސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ މާރކެޓިން މެނޭޖްމެންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަންޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
 2. ބިޒްނަސް މެނޭޖްމެންޓް، ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ މާރކެޓިން މެނޭޖްމެންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަންޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 1. މި ކޯޕަރޭޝަންގެ މާކެޓިންޓް އާއި ގުޅޭ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
 2. މި ކޯޕަރޭޝަނުން ހިންގާ މަޝްރޫޢުތަކާ ގުޅޭގޮތުން އިންވެސްޓަރުންނާއި، ކޮންޓްރެކްޓަރުންނާއި ކޮންސަލްޓަންޓުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާއެކު ކުރަންޖެހޭ މުޢާމަލާތުތައް ކުރުން.
 3. ކޯޕަރޭޝަނުން ރާވާ އަދި ހިންގާ އެކިއެކި އިވެންޓް އަދި މަޝްރޫޢުތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް ގަވާއިދުން ބެލެހެއްޓުން.
 4. ޑިޕާޓްމަންޓްގެ މަސައްކަތާގުޅޭ އެންމެހައި ލިޔެކިޔުންތައް ފައިލުކޮށް އަޕްޑޭޓް ކުރުން.
 5. ކޯޕަރޭޝަނުން ހިންގާ މަޝްރޫޢުތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަޕްޑޭޓްކޮއް ބެލެހެއްޓުން.
 6. ޑިޕާޓުމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހުން ކުރިއަށްގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއެކު ސެކްޝަންގެ ވެރިޔާ ހަވާލުކުރާ ކަންކަން އިރުޝާދާ އެއްގޮތަށް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
 2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
 3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
 4. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

 

މަޤާމު:

ސީނިއަރ ފައިނޭންސް އޮފިސަރ

ޑިޕާޓްމަންޓް / ސެކްޝަން:

ފައިނޭންސް

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، 5 ވަނަ ފަންގިފިލާ، ވެލާނާގެ، ކ. މާލެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރައާއި ޢިނާޔަތްތައް:

އަސާސީ މުސާރަ: 7,200 ރުފިޔާ

ސަރވިސް އެލަވަންސް: 4,800 ރުފިޔާ

މަޤާމުގެ ޝަރުޠު:

 1. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް  ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
 2. އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 3. އެކައުންޓިންގ ސޮފްޓްވެއަރ ބޭނުންކުރަން އެނގުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 1. ކުންފުންޏައް ލިބޭ އާމްދަނީ ފައިސާ ބަލައިގަނެ، ދުވަހުން ދުވަހަށް ޖަމާކޮށް އެކަމާބެހޭ ރިކޯޑު ބެލެހެއްޓުމާއި، ރިޕޯޓުތައް ފޮނުވުން.
 2. ކުންފުންޏަށް އަންނަ ބިލްތަކަށް ފައިސާ ދެއްކުމަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުމާއި، އޭގެ ރެކޯޑުތައް ބެލެހެއްޓުން.
 3. ފައިނޭންސް ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ ފޮނުވުމާއި، އެކިފަރާތްތަކުން އަންނަ ލިޔުންތަކަށް ޖަވާބުދީ އެލިޔުންތަކުގެ ރިކޯޑު ބެލެހެއްޓުން.
 4. ކުންފުނީގެ ޕެޓީކޭޝް ފައިސާ ބެލެހެއްޓުމާއި އެކަމާބެހޭ ރިޕޯޓް ހަދައި ގަވާއިދުން ފޮނުވުން.
 5. ކުންފުންޏަށް ގަނެވޭ އެސެޓްތަކުގެ ރަޖިސްޓަރީ ހަދައި، ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
 6. ސެކްޝަންގެ ވެރިޔާއާއި ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމުން ހަވާލުކުރާ ކަންކަން އިރުޝާދާ އެއްގޮތަށް ކުރުން.
 7. ޖީއެސްޓީ އާއި ބީޕީޓީ އަދި ކުންފުނީގެ މުހިއްމު މާލީ ރިޕޯޓުތަކާއި ގައިޑްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
 8. ޖޫނިއަރ އެކައުންޓަންޓުންގެ ޓީމެއް ބެލެހެއްޓުމާއި ކުންފުނީގެ ފައިނޭންސް ޑިޕާޓުމަންޓުން ކުރާ މަސައްކަތްތަކަށް ސުޕަވައިޒްކުރުން.
 9. ކުންފުނީގެ ޕްރޮޖެކްޓްތަކަށް ފައިނޭންސް ތައްޔާރު ކުރުމާއި، ޙަރަދު ބެލެހެއްޓުމާއި، މާލީ ލަފާދިނުން.
 10. އަހަރީ ރިޕޯޓުތަކާއި ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރު ކުރުމާއި އެހީތެރިވެދިނުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އަދި ފޯމް.
 2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު).
 3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އެޓެސްޓް ކޮށްފައިވާ).
 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު).
 5. އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.

ސުންގަޑި:

މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރި ފަރާތްތަކުން 25 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު މިކޯޕަރޭޝަންގެ އޮފީސް، ވެލާނާގެ  5 ވަނަ ފަންގިފިލާއަށް ހުށަހަޅުއްވާށެވެ. ނުވަތަ މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކުރައްވާށެވެ.

އިތުރު މަޢުލޫމާތު:

ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓުން (www.mitdc.com.mv) ޑައުންލޯޑު ކުރެވޭނެއެވެ.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ކިޔޭނީ،  ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

25 ޝައްވާލު 1438ހ

19 ޖުލައި 2017
ހޯދާ