ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުކާލުމުގެ ނިޒާމަށް މުވައްޒަފުންނެގުމާއި ބެހޭ

އިޢުލާން

ކުނި އުކާލުމުގެ ނިޒާމަށް މުވައްޒަފުންނެގުމާއި ބެހޭ:

ދާންދޫ ކައުންސިލް އިން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ ނިޒާމުގައި މަސައްކަތް ކުރާނެ ޑްރައިވަރުންނާއި އަދި މަސައްކަތު މީހުން ހޯދުމަށް ބޭނުންވެއްޖެއެވެ. މިއީ ސިވިލް ސަރވިސް އިން މިއިދާރާއަށް ފާސްކޮށްދީފައިވާ އޮނިގަނޑުގައި ހިމެނޭ ވަޒީފާއެއް ނޫނެވެ. މި ނިޒާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްދެވޭނީ މި ނިޒާމުގެތެރެއިން ލިބޭ އާމްދަނީގެ ފައިސާ އިންނެވެ.

1- މަޤާމް: ޕިކަޕް ޑްރައިވަރ

  • ބޭނުންވާ ޢަދަދު:  2
  • މުސާރަ: މަހަކު 3500.00ރުފިޔާ (ތިންހާސް ފަސްސަތޭކަ ރުފިޔާ)
  • އެލަވަންސް: 800.00ރުފިޔާ (އަށްސަތޭކަ ރުފިޔާ)
  • ފޯން އެލަވަންސް: 350.00ރުފިޔާ (ތިންސަތޭކަ ފަންސާސް ރުފިޔާ)
  • ރަސްމީ ގަޑީގެ އިތުރުން ޕިކަޕް އިން ކުރާ ދަތުރުތަކަށް ލިބޭ އާމްދަނީއިން ޚަރަދު ކަނޑައި ލިބޭފައިދާގެ މައްޗަށް ރިއާޔަތްކޮށް ކައުންސިލް އިން ކަނޑައަޅާ ޕަސެންޓެއްގެ ފައިސާ މި ނިޒާމުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް އެއަހަރު ނިމިގެން އަހަރީ ބޯނަސްގެ ގޮތުގައި ލިބޭނެއެވެ.

2-މަޤާމުގެ ޝަރުޠު:

  • ކަމާއިގުޅޭ ދާއިރާއަކުން  2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއިއެކު 4ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވުން.
  • އަދި ލިޔަން ކިޔަން ދަތުމާއިއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް އެނގުމާއި،  މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.

3-ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ

1-ދާންދޫގައި ރައްކާތެރި ކަމާއެކު ކުނި ނައްތާލާ ނިޒާމުގެދަށުން ދާންދޫ ކައުންސިލްގެ އިކޮނޮމިކް ސޯޝިއަލް އެންޑް މުނިސިޕަލް ސަރވިސްގެ ޔުނިޓުގެ މުވައްޒަފެއްގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

2-ރައްކާތެރި ކަމާއެކު ކުނި ނައްތާލާ ނިޒާމުގެދަށުން ޕިކަޕް ޑްރައިވަރެއްގެ ގޮތުން މަސައްކަތް ކުރުން

3-ކުނި ނައްތާލާ ނިޒާމުގައި ހަރަކާތްތެރިވާ އެހެން މުވައްޒަފުންގެ ސްޕަވައިޒަރެއްގެ ގޮތުން މަސައްކަތް ކުރުން

4-ކުނި ނައްތާލާ ނިޒާމުގެ ދަށުން ގޭގެއިން ކުނި ބުނިތައް ކުނި ކޮށްޓަށް ގެންދިއުމާއި އަދި ކުނިކޮށީގައި އެކުނިތައް ރައްކާތެރިކަމާއި އެކު އަންދާލައިގެން ނައްތާލައި އަދި އެކަންކަން ކުނިކޮށީގައި މެނޭޖްކުރާ އިސްމީހެއްގެ ގޮތުން އެކަން ކުރުމާއި އަދި މިނިޒާމުގައި ހަރަކާތްތެރިވާ އެހެން މުވައްޒަފުން ލައްވާ އެ މަސައްކަތް ކުރުވުން

5-ކުނިކޮށި ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް އަދި މިނިޒާމުގައި ހަރަކާތްތެރިވާ އެހެން މުވައްޒަފުން ލައްވާ އެ މަސައްކަތް ކުރުވުން

6-ރައްކާތެރިކަމާއި އެކު ކުނިއުކާލާ ނިޒާމުގައި ބައިވެރިވެފައިވާ މީހުންގެ ގޭގެއިން ކުނިބުނިތައް ކުނިކޮށްޓަށް ގެންދިއުމަށް ކުރާ ދަތުރުތައް ކުރުމުގެ އިތުރުން ކައުންސިލްގެ ޕިކަޕް ބޭނުންކުރުމުގެ އުޞޫލާއި އެއްގޮތަށް ކައުންސިލް އަށް އާމްދަނީ ހޯދުމަށް އެޕިކަޕްއިން ކުރާއިތުރު ދަތުރުތައް ކުރުމަށް ޕިކަޕްގެ ޑްރައިވަރުކަން ކުރުމާއި ކައުންސިލްގެ ޕިކަޕް ބޭނުންކުރުމުގެ އުޞޫލާއި އެއްގޮތަށް ޕިކަޕްގެ އެންމެހާ ކަންކަން ބެލެހެއްޓުން

7-ރައްކާތެރިކަމާއި އެކު ކުނިއުކާލާ ނިޒާމުގައި ބައިވެރިވެފައިވާ މީހުންގެ ގޭގެއިން ކުނިބުނިތައް ކުނިކޮށްޓަށް ގެންދިއުމަށް ކުރާ ދަތުރުތައް ކުރުމުގެ އިތުރުން ކައުންސިލްގެ ޕިކަޕް ބޭނުންކުރުމުގެ އުޞޫލާއި އެއްގޮތަށް ކައުންސިލް އަށް އާމްދަނީ ހޯދުމަށް އެޕިކަޕްއިން ކުރާއިތުރު ދަތުރުތަކަށް ދައްކާ ފީ ބަލައިގަތުމާއި ރަސީދު ދޫކުރުން، އަދި އެފައިސާގެ ދުވަހުފޮތް ލިޔެ ބެލެހެއްޓުމާއި ކޮންމެ ދުވަހަކުވެސް ލިބޭފައިސާ ޖެހިގެން އަންނަ ދުވަހު ކައުންސިލަށް ހަވާލުކުރުން

8-ދަތުރު ނޯޓްފޮތް ގަވާއިދުން ބެލެހެއްޓުމާއި އެކު، ރައްކާތެރިކަމާއި އެކު ކުނިއުކާލާ ނިޒާމުގައި ބައިވެރިވެފައިވާ މީހުންގެ ގޭގެއިން ކުނިބުނިތައް ކުނިކޮށްޓަށް ގެންދިއުމަށް ކުރާ ދަތުރުތަކުގެ އިތުރުން ދަތުރުތައް ލިބުމުން ކައުންސިލްއިން ކަނޑައަޅާފައިވާ މޮނިޓަރ ކުރައްވާ މުވައްޒަފަށް އެކަން ފޯނުން އެންގުމަށްފަހު އެދަތުރެއް ކުރުން

9-ޕިކަޕް ރީޑިން ކަނޑައެޅިގައިވާ ލޮގުފޮތުގައި ލިޔެބެލެހެއްޓުމާއި ޕިކަޕަށް ތެޔޮއެޅުމާއި އަދި ތެޔޮބަދަލުކުރުމަށް ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން  އެމަސައްކަތްކުރުން

10-ރަށުގެ ކުރިއެރުމަށް ކައުންސިލް އިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން

 

4-  މަޤާމް: މަސައްކަތު

  • ބޭނުންވާ ޢަދަދު:  2
  • މުސާރަ: މަހަކު 3100.00ރުފިޔާ (ތިންހާސް އެއްސަތޭކަ ރުފިޔާ)
  • އެލަވަންސް: 800.00ރުފިޔާ (އަށްސަތޭކަ ރުފިޔާ)
  • ރަސްމީ ގަޑީގެ އިތުރުން ޕިކަޕް އިން ކުރާ ދަތުރުތަކަށް ލިބޭ އާމްދަނީއިން ޚަރަދު ކަނޑައި ލިބޭފައިދާގެ މައްޗަށް ރިއާޔަތްކޮށް ކައުންސިލް އިން ކަނޑައަޅާ ޕަސެންޓެއްގެ ފައިސާ މި ނިޒާމުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް އެއަހަރު ނިމިގެން އަހަރީ ބޯނަސްގެ ގޮތުގައި ލިބޭނެއެވެ.

 

5-މަޤާމުގެ ޝަރުޠު:

  • ލިޔަން ކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
  • އަދި މަޤާމުގައި ކުރަންޖެހޭ މަސައްކަތް އެނގުމާއެކު މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއް ކަމުގައިވުން.

6-ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ:

1-ދާންދޫގައި ރައްކާތެރި ކަމާއެކު ކުނި ނައްތާލާ ނިޒާމުގެދަށުން ދާންދޫ ކައުންސިލްގެ އިކޮނޮމިކް ސޯޝިއަލް އެންޑް މުނިސިޕަލް ސަރވިސްގެ ޔުނިޓުގެ މުވައްޒަފެއްގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

2-ދާންދޫގައި ޤާއިމުކުރެވިފައިވާ ރައްކާތެރި ކަމާއެކު ކުނި ނައްތާލާ ނިޒާމުގެދަށުން ޕިކަޕް ގައި އާއި އަދި ކުނި ކޮށީގެ މަސައްކަތު މީހެއްގެ ގޮތުން މަސައްކަތް ކުރުން

3-ކުނި ނައްތާލާ ނިޒާމުގައި ހަރަކާތްތެރިވާ ސްޕަވައިޒަރ ދައްކާ މަސައްކަތް ކުރުން

4-ކުނި ނައްތާލާ ނިޒާމުގެ ދަށުން ގޭގެއިން ކުނި ބުނިތައް ކުނި ކޮށްޓަށް ގެންދިއުމާއި އަދި ކުނިކޮށީގައި އެކުނިތައް ރައްކާތެރިކަމާއި އެކު އަންދާލައިގެން ނައްތާލައި އަދި އެކަންކަން ކުނިކޮށީގައި މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން

5-ކުނިކޮށި ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން

6-ރައްކާތެރިކަމާއި އެކު ކުނިއުކާލާ ނިޒާމުގައި ބައިވެރިވެފައިވާ މީހުންގެ ގޭގެއިން ކުނިބުނިތައް ކުނިކޮށްޓަށް ގެންދިއުމަށް ޕިކަޕަށް ކުނިބުނިތައް ލޯޑް ކުރުމާއި އަދި ކުނިކޮށްޓަށް ކަނޑައެޅިފައިވާ ތަރުތީބުން ކުނިބުނިތައް ކުނިކޮށްޓަށް ހުސްކުރުމާއި އަދި މޫދަށް އުކާލަންޖެހޭ ކާބޯތަކެތީގެ ބާވަތްތައް މޫދަށް އުކާލުން

7-އަދި މި ނިޒާމުގައި ޕިކަޕް ގައި އާއި ކުނިކޮށީގައި އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުގައި ބޭނުންކުރާ ޑަސްބިންތައް ސާފުކޮށް ބެލެހެއްޓުން

8-ރައްކާތެރިކަމާއި އެކު ކުނިއުކާލާ ނިޒާމުގައި ބައިވެރިވެފައިވާ މީހުންގެ ގޭގެއިން ކުނިބުނިތައް ކުނިކޮށްޓަށް ގެންދިއުމަށް ކުރާ ދަތުރުތަކުގައި މަސައްކަތް ކުރުމުގެ އިތުރުން ކައުންސިލްގެ ޕިކަޕް ބޭނުންކުރުމުގެ އުޞޫލާއި އެއްގޮތަށް ކައުންސިލް އަށް އާމްދަނީ ހޯދުމަށް އެޕިކަޕްއިން ކުރާއިތުރު ދަތުރުތައް ކުރުމަށް ޕިކަޕްގެ މަސައްކަތުމީހެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ކައުންސިލްގެ ޕިކަޕް ބޭނުންކުރުމުގެ އުޞޫލާއި އެއްގޮތަށް ޕިކަޕްގެ އެންމެހާ ކަންކަން ސާފުތާހިރުކޮށް ބެލެހެއްޓުން

9-ރަށުގެ ކުރިއެރުމަށް ކައުންސިލް އިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން

7-  ޗުއްޓީއާއި މަސައްކަތު ގަޑި:

1- ޚާއްޞަ ޙާލަތެއްގެ ގޮތުގައި، މުވައްޒަފު ނުވަތަ އެމީހާ ބަލަހައްޓާ ފަރާތެއް ބަލިވެގެން ބޭނުންވެއްޖެ ނަމަ ހަމަ މުސާރައާއެކު މަސައްކަތަށް ދަތިނުވާގޮތަށް ބަންދުދުވަސްތައް ނުހިމަނައި 10 ދުވަހުގެ އިމަޖެންސީ ޗުއްޓީއެއް ހިނގާ މަސައްކަތު އަހަރު ތެރޭގައި ދެވޭނެއެވެ.

2- މި ވަޒީފާގައި އުޅޭ މީހަކަށް މުޅި އަހަރު ދުވަހު މަސައްކަތު ދުވަސްތަކުގެ ތެރެއިން އިމަޖެންސީ ހާލަތެއްގައި މުސާރަ ލިބޭގޮތަށް މަހަކު 2 ސަލާމުގެ ނިސްބަތުން އަހަރަކު 24 ސަލާމް ޗުއްޓީ ދެވޭނެއެވެ. ސަލާމްޗުއްޓީ ޤަބޫލުކުރެވޭނީ އެކަމުގެސަބަބު ބަޔާންކޮށް ސަލާމުގެ އަމިއްލަ ސިޓީ ނުވަތަ ޑޮކްޓަރެއްގެ ލިޔުމެއް ދާންދޫ ކައުންސިލްގެ އިދާރާއަށް ފޮނުވުމުންނެވެ.

3- އަދި މިނޫން އިތުރު ޗުއްޓީއެއް ނުވަތަ އިތުރު ސަލާމް ޗުއްޓީއެއް ނުދެވޭނެއެވެ.

4- މަސައްކަތް ކުރަންޖެހޭނީ، ހުކުރު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެދުނު 8:00 އިން ފެށިގެން 14:00އަށް އަދި މި އިދާރާގެ ޕިކަޕް ބޭނުންކުރުމުގެ އުޞޫލުގެ ދަށުން ލިބޭ އިތުރު ދަތުރުތައް ކުރުމުގައި ހޭދަވާ ގަޑިތަކުގައި މަސައްކަތް ކުރަންޖެހޭނެއެވެ.

 

8-  ވަޒީފާއިން ވަކިކުން

1- ދެވިފައިވާ ޗުއްޓީ ނުވަތަ ސަލާމް ހަމަކޮށް ނުވަތަ އެނޫން އެއްވެސް ސަބަބަކާއިހުރެނަމަވެސްމަސައްކަތަށް ހާޒިރުވާންޖެހޭ ދުވަސް ފަހަނައަޅައި ޖެހިޖެހިގެން 2 ދުވަސް މަސައްކަތަށް ހާޒިރު ނުވެއްޖެނަމަ ނުވަތަވީގޮތެއް ލިޔުމުން ދާންދޫ ކައުންސިލަށް ނާންގައި މި ވަޒީފާގައި އުޅޭ މީހަކު މަސައްކަތައް ނުނުކުމެ ޖެހިޖެހިގެން 2 ދުވަސްވެއްޖެ ނަމަ އެމީހަކު ވަޒީފާއިން ވަކި ކުރެވޭނެއެވެ.

2- މި މަސައްކަތުގައި އުޅޭ މުވައްޒަފުންނާއި ދެމެދު ވެވޭ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ އެއްބަސްވުމާއި ޚިލާފު ވުމުން އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް އެމީހަކު ވަޒީފާއިން ވަކި ކުރެވޭނެއެވެ.

 

9-     ވަޒީއަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާ

1- 4ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ނަމަ، 10 ޕޮއިންޓް

2- ލިޔަންކިޔަން އެނގުން(މި ބައިން މިންކުރާނީ، 1 އާއި 20 އާއި ދެމެދުން ދެވޭ ޕޮއިންޓް)

3- މީހާގެޞިއްޙަތަށާއި ދުޅަހެޔޮކަމަށާއި މިފަދަ މަސައްކަތެއްގައި ގިނަވަގުތު އުޅެވޭނެ މިންވަރު (މި ބައިން މިންކުރާނީ، 1 އާއި 20 އާއި ދެމެދުން ދެވޭ ޕޮއިންޓް)

4- މުވައްޒަފުން ނެގޭނީ ޖުމްލަ ޕޮއިންޓްކަމަށް ކަނޑައަޅާފައިވާ 50 ޕޮއިންޓްގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަށް އިސްކަން ދީގެންނެވެ.

5- ވަޒީފާ އަށް ކުރިމަތިލާ ހުރިހާ މީހުންގެ ޖުމްލަ އެވްރެޖް ޕޮއިންޓް ހެދޭނީ ވަޒީފާއަށް އެދޭ ކޮންމެމީހަކަށް އިންޓަވިއު ޕެނަލްގެ 5 މެމްބަރުން، ވަޒީފާއަށް އެދޭ މީހާގެ ހާޒިރުގައި ފުރާ އިންޓަވިއު ފޯމްތަކުގެ ޖުމްލަ ޕޮއިންޓް5އިން ގެއްލައިގެން އަންނަ ނަތީޖާއިންނެވެ. އެންމެ މަތީން ޕޮއިންޓް ލިބޭ ފަރާތަކަށް ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

6- އިންޓަރވިއު ކުރުން އޮންނާނީ ދާންދޫ ކައުންސިލްގެ އިދާރާގައިއެވެ. އިންޓަރވިއު އޮންނަ ދުވަހަކާއި ވަގުތު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

 

10-  ވަޒީފާ އަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

1- ވަޒީފާ އަށް އެދި ފޮނުވާ ސިޓީ

2- އައިޑީ ކާޑުގެ ސާފު ކޮޕީ

3- ސްކޫލް ނިންމާފައި ވާނަމަ ސްކޫލް ލީވިންގ ސެޓިފިކެޓުގެ ސާފު ކޮޕީ

4- ލިބިފައިވާ އެހެނިހެން ސެޓިފިކެޓް، ލައިސަންސް ތަކުގެ ކޮޕީ

5- މަސައްކަތު ތަޖުރިބާ ބަޔާންކުރާ ލިޔުމުގެ ކޮޕީ (މީގެ ކުރީގައި ވަޒީފާ އެއް އަދާކޮށްފައިވާ ނަމަ އެކަން އަންގައިދޭ އެތަނަކުން ދޫކޮށްފައިވާ ލިޔުން)

 

  • ވީމާ މި ވަޒީފާ އަމިއްލައަށް އަދާކުރުމަށް ޝައުޤުވެރިވާ ޢުމުރުން 18 އަހަރުންމަތީގެ ފަރާތްތަކުން 23ޖުލައި 2017 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރީން ވަޒީފާއަށް އެދޭކަން ބަޔާންކޮށް މި އިއުލާނާއި އެއްގޮތަށް ސިޓީ ހުށަހެޅުއްވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ މި އިދާރާއިން އެކަން ސާފުކޮށްދެވޭނެއެވެ.

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

23ޝައްވާލް 1438

17 ޖުލައި 2017
ހޯދާ