ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސާރވޭ ކުރުމާއިގުޅޭ

         ދިރާގާއި އޫރިދޫ އިން ރާއްޖޭގައި ދެމުންގެންދާ މޮބައިލް ފޯނުން ދެވޭ ޒަމާނީ ޚިދުމަތްތައް ތަޢާރަފްކޮށް ފުޅާ ކުރުމުގެ މަސައްކަތްތައް އެ ކުންފުނިތަކުން ދަނީ ކުރަމުންނެވެ. މުވާޞަލާތީ ޚިދުމަތުގެ ފެންވަރު ބެލުމަކީ މި އޮތޯރިޓީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.  މިގޮތުން މިހާރު ރާއްޖޭގައި ލިބޭ މޮބައިލް ފޯނުގެ ކަވަރޭޖާއި ފެންވަރު ވަޒަން ކުރުމަށްޓަކައި ޚިދުމަތް ބޭނުންކުރާ ފަރާތްތަކާއި ގުޅައިގެން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިއޮތޯރިޓީގެ ފަރާތުން 18 ޖުލައި 2017 އިން 06 ސެޕްޓެމްބަރ 2017 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

           މިހެންވެ މިވާހަކަ އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ. މި އޮތޯރިޓީގެ ފަރާތުން މީގެކުރިން ކުރެވުނު މިފަދަ މަސައްކަތްތަކަށް ކަސްޓަމަރުންގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވާ، މިފަހަރުވެސް އެފަދަ ފުރިހަމަ އެއްބާރުލުމެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ.

17 ޖުލައި 2017
ހޯދާ